ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ދައުރަކަށް ރައީސް ސާލިހްއާއެކު ކޯލިޝަން ހެދި ޕާޓީތަކާ މަޝްވަރާކޮށްފި

ރައީސް ސާލިހް އާއި އެކު ކޯލިޝަން ހަދަން ނިންމި ޕާޓީތަކުން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހް، ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ނިންމި އެމްޑީއޭ އާއި އަދާލަތު ޕާޓީ އާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު މުލިއާގޭގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ބައިވެރިވިއެވެ.

ކޯލިޝަން ހެދި ޕާޓީތަކުގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން ޕާޓީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމާއި ބެހޭ ތަފްސީލު ހާމަކޮށްފައިނުވާއިރު  މައުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މަޝްވަރާތަކާއި ގުޅޭ ބައްދަލުވުމެކެވެ.

ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުންދާއިރު ޖުމްހޫރީ ޕާޓީން އިސްވެ އޮވެ ކޯލިޝަނަކާ އެކު ވާދަކުރުމަށް ނިންމުމާއި ގުޅިގެން ރައީސް ސާލިހަށް ތާއީދު ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުން ދަނީ ސަރުކާރުގައި ހިމެނޭ އެޕާޓީގެ މަގާމްތައް ހުސްކޮށް މަގާމްތަކުގައި ތިބި މެމްބަރުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. ޕާޓީ ދިފާއު ކުރައްވައި ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގައި އެއްވެސް ޕާޓީ އެއް އަމިއްލަ އަށް އިންތިހާބުގައި ވާދަ ނުކުރުމަށް އަންގާފައިނުވާ ކަމަށާއި މަގާމްތަކުގައި ތިބި އެ ޕާޓީގެ މެމްބަރުން އިސްތިއުފާދޭން ނުޖެހޭ ކަމަށެވެ.

ގާސިމް ވިދާޅުވީ އެއްވެސް ހާލެއްގައި ޖުމްހޫރީ ޕާޓީން ސަރުކާރުގައި ތިބި މެމްބަރުން އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށާއި ކޯލިޝަން އެގްރީމަންޓްގައިވާ ގޮތުން ރައީސް ސާލިހްގެ ރިޔާސީ ދައުރު ނިމެންދެން މަގާމުތަކުގައި ތިބެވޭނެ ކަމަށެވެ. އަދި ގާސިމް ވިދާޅުވީ ޖޭޕީގެ މެމްބަރުން ވަކިކޮށްފިނަމަ ސަރުކާރު ދެމި ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން މްއާރުއެމް އިން އިއްޔެ ވަނީ ޖުމްހޫރީ ޕާޓީ އާއި އެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމަށްފަހު ގާސިމް ވިދާޅުވީ ހުރިހާ ޕާޓީތަކާއެކުގައި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ދާނެ ކަމަށެވެ.

އެމްއާރުއެމްގެ ރައީސް މައުމޫން ގާސިމްގެ ބައްދަލުވުމަށްފަހު ވިދާޅުވީ ކޮންމެ ބަޔަކާއެކުގައި ވެސް މަސައްކަތް ކުރެވިދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: