ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮޓޯކޭޑަށް ހުރަސް އެޅި މީހުންގެ މުއްދަތު ޖަހައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހްގެ މޮޓޯކޭޑަށް ހުރަސްއެޅި މީހުންގެ ބަންދު މުއްދަތު ޖަހައިފިއެވެ.

ރޭ އިދިކޮޅުގެ ފަރާތުން ކުރިއަށްގެންދިޔަ މުޒާހަރާގައި ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މީހުންގެ ތެރެއިން ހައްޔަރުކުރި ހަތަރު މީހުންގެ މުއްދަތު ކޯޓުން ޖަހައިފިއެވެ.

ފުލުހުން ބުނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަންހެނަކާއި ތިން ފިރިހެނުންނެވެ. އެތަނުން ދެމީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އަނެއް ދެމީހުންގެ ބަންދަށް ވަނީ 5 ދުވަހުގެ މުއްދަތު ޖަހާފައެވެ.

ރޭ ކުރިއަށްދިޔަ މުޒާހަރާގައި ފުލުހުންވަނީ 17 މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި ހައްޔަރު ކުރިމީހުން ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު އެމީހުން ވަނީ ދޫކޮށްލާފައެވެ.

ރައީސްގެ މޮޓޯ ކޭޑަށް ހުރަސް އެޅުމަކީ ސެކިއުރިޓީ ބްރީޗްވުން ކަމަށް ބުނެ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ރޭ ކުރިއަށް ގެންދެވުނު ސުލްޙަވެރި އިޙުތިޖާޖު ނިންމާލުމަށްޓަކައި އިޙުތިޖާޖުގެ ބައިވެރިން ޕާޓީ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް އެމަނިކުފާނުގެ ކާރުކޮޅާއެކު ބައިވެރިންގެ ތެރެއަށް ވަދެގަތުމަކީ ނޭނގި ހިނގާނޭ ކަމެއް ކަމަށް ޤަބޫލެއް ނުކުރެވޭކަމަށް އިދިކޮޅުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި އެއީ ވަރަށް ބޮޑަށް ރޭވިގެން ހިންގި ޢަމަލެއްގެ ގޮތުގައި ތުހުމަތުކޮށް އިދިކޮޅުން ބުނެފައިވަނީ އެހެން ނޫންކަމަށްވާނަމަ އެއީ ދިވެހި ފުލުހުންނާއި ސިފައިންގެ ދެ މުއައްސަސާގެ އިހުމާލެއް ނުވަތަ ފަރުވާކުޑަކުރުމުގެ ޢަމަލެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: