ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮޓޯކޭޑު މައްސަލައިގައި ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ސިއްރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހްގެ މޮޓޯކޭޑަށް އިދިކޮޅުން ހުރަސްއެޅި މައްސަލައިގައި 241 ކޮމެޓީގެ ހުރިހާ ބައްދަލުވުންތައް ސިއްރުކޮށްފިއެވެ.

ރައީސް ސާލިހްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ އިދިކޮޅުން މި މަހުގެ 20 ވަނަ ދުވަހުގެރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި ކުރިއަށްގެންދިޔަ މުޒާހަރާ އަކާ ގުޅިގެންނެވެ. ގާތްގަނޑަކަށް 15 މިނެޓް ހާއިރު ވަންދެން ރައީސްގެ މޮޓޯ ކޭޑް ބޮޑުތަކުރުފާނު މަގުގައި ހުއްޓިގެން އޮތެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ އަކީ ސެކިއުރިޓީ ބްރީޗެއްގެ ގޮތުގައި ބެލެވޭ ކަމަށް މަޖިލީހުގެ 241 ކޮމިޓީ އިން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް އެމްއެންޑީއެފުން ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ ތަހުގީގު ކުރުމަށް ރައީސްގެ ސެކިއުރިޓީ ބަލަހައްޓާ ވަކި ވަކި ސިފައިންނާ ވަނީ ބައްދަލުކޮށްފައެވެ. އަދި އެކަމުގައި އިހުމާލުވެފައިވަނީ ފުލުހުން ތޯ ނުވަތަ ސިފައިންތޯ ބެލުމަށާއި އެކަމުގައި އެ ދެ މުއައްސަސާގެ އިހުމާލެއް އޮތްތޯ ކޮމެޓީގެ ފަރާތުން ވަނީ ބަލާފައެވެ.

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އެވަގުތު ޕްރެޒިޑެންޝަލް ގާޑުންގެ ކޮމާންޑިންގ އޮފިސަރަކަށް ހުރި ކާނަލް އަބްދުﷲ އިބްރާހިމް ވަނީ މަގާމުން އެކަހެރިކޮށްފައެވެ. އަދި އެމައްސަލަ ބެލުމަށް ސިފައިންގެ ތެރެއިން ކޮމެޓީއެއް އެކުލަވާލުމުގެ އިތުރުން މަޖިލީހުގެ 241 ކޮމެޓީގައި އެ މައްސަލައިގެ ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ އެކި ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ތިބީ ޕާޓީގެ ދިދަތަކާއި އެކު ރައީސްގެ ކާރުކޮޅު ކުރިމަތީ އެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީންގެ ތެރެއިން ކާރު ކުރިމަތީން ފެންނަނީ ދެތިން އޮފިސަރުންނެވެ. އެވަގުތު ފުލުހުން ދިޔައީ، އެއްވުމުގައި ތިބި މީހުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ގިނަ އަދަދެއްގެ އުޅަނދުތައް ދުއްވާ، އަދި ބަސް ސްޓޮޕެއް ވެސް ހުންނަ އެ މަގު ބްލޮކްވެ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނުއިރު ރައީސްގެ ކާރުކޮޅު އެންމެ ފަހުން ޖެހުނީ އަނބުރާލައި ބޮޑުތަކުރުފާނު މަގުން މާފަންނާއި ވީކޮޅަށް ދާށެވެ. އެތަނުގައި ރައީސްގެ ކާރަށް ކުރިޔަށް ނުދެވި 15 މިނެޓު އޮންނަން ޖެހުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: