ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދައިގެ ފިލާވަޅަކީ އެކުވެރިކަމާއި ސުލްހަ މަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ރަމަޟާން މަހު، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާން ކިޔެވުމުގައި ހޭދަކުރާ ވަގުތު އިތުރުކޮށް ތަރާވީޙް ނަމާދާއި އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، 1444 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތޯބުގަ އެވެ.

ރައީސް ސޯލިހުގެ ހިތާބުގައި ވަނީ، ރަމަޟާންމަހަކީ، ކީރިތި ޤުރްއާން ކިޔެވުމާއި ދުއާ ކުރުން ގިނަކޮށް، އަޅުކަންތައް ކުރުމުގައި ހީވާގިވުމާއި އެކު، އަނެކުންނަށް އެހީ ފޯރުވުމާއި ދީލަތިވުމުގައި އަތްތައް ހުޅުވައިލަންވީ މައްސަރުކަން ފާހަގަ ކުރައްވާފަ އެވެ. އަދި މިއީ، މުޖްތަމައުގެ ކޮންމެ ރައްޔިތެއްގެ އުޅުމާއި ގުޅުންތައް އިސްލާހުކޮށް، ހަޔާތުގެ އާބާތުރަ ފިލުވައި، އިސްލާހުގެ މަގުގައި ދިރިއުޅުން އަލުން އާރާސްތު ކުރުމަށް، މާތްﷲ ދެއްވާ މަތިވެރި ފުރުސަތެއްކަން ވެސް އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރެއްވި އެވެ.

ރައީސްގެ ހިޠާބުގައި އިތުރަށް ވިދާޅުވީ، ރޯދައިގެ އެންމެ މަތިވެރި ރޫޙާނީ ފިލާވަޅަކީ، އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާއި ދެމެދު އޮންނަ ވަރުގަދަ ގުޅުން، އަލުން އާލާކޮށް ބަދަހި ކުރުން ކަމަށެވެ. އަދި ރޯދައިގެ އިޖްތިމާއީ ފިލާވަޅަކީ، އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައި އުޅުމާއި އެކު، އެކުވެރިކަމާއި ސުލްހަ މަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުން ކަމުގައިވެސް އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވިއެވެ.

އަދި އެ ގުޅުން ކެނޑިގެން ނުދާނެ ގޮތުގެ މަތިން، ދުނިޔަވީ ދިރިއުޅުމުގެ ކަންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ މަތިވެރި ފިލާވަޅެއްކަން ވެސް ފާހަގަކުރެއްވި އެވެ.

ރޯދައިން ލިބިދޭ ތަރުބަވީ ފިލާވަޅަކީ، ކެތްތެރިވުމާއި ތަހައްމަލު ކުރުމަށް ތިމާގެ ނަފްސާއި ހަށިގަނޑު ހާނުވައި ތަރުބިއްޔަތު ކުރުންކަމަށް ރައީސް ވިދާޅުވި އެވެ. ހާއްސަކޮށް އިސްރާފުކުރުންތަކާއި ދުރުހެލިވެ، އިގްތިސާދު ކުރުމުގެ އާދަ ހަރުލެއްވުމަށް އިލްތިމާސް ކުރެއްވި އެވެ.

ރޯދައިގެ އަހުލާގީ ފިލާވަޅަކީ، ދުލާއި ހަށިގަނޑުގެ އެންމެހައި ނުރަނގަޅު އާދަތައް ދޫކޮށްލައި، ރިވެތި ބަސްމަގު އިހުތިޔާރު ކުރުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރޯދައިގެ އިޖްތިމާއީ ފިލާވަޅަކީ، އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައިއުޅުމާއެކު، އެކުވެރިކަމާއި ސުލްހަމަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުންކަމަށެވެ.

ހިޠާބު ނިންމަވާލައްވައި ރައީސް ވަނީ މި މާތް މައްސަރުގެ ނިއުމަތްތަކާއި ރަހްމަތާއި ދަރުމައާއި ސަވާބު، އުންމަތަށް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: