ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދުމަކީ ވޯޓު ގަތުން: ރައީސް ނަޝީދު

އެމްޑީޕީ ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަރީހު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދުމަށް މަސައްކަތްކުރުމަކީ ވޯޓު ގަތުން ގޮތުގައި ދެކިވަޑައިގަންނަވާކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާއި ގުޅުވައި އެމްޑީޕީގެ ތެރޭގައި ބޮޑެތި ބައިބައިވުންތައްވަނީ އުފެދިފައެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފިކުރެއްގެ ދިރުންއިން ދަނީ ޖުމްހޫރީ ޕާޓީއާއިއެކު މަސައްކަތްތަކެއްކުރަމުންކަމަށްވާއިރު، ޖޭޕީ އަދި ފިކުރެއްގެ ދިރުމުގެ ގުޅިފައިވާ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވަނީ ޖޭޕީ އާއިއެކު ކުރިއަށް ގެންދެވި ބައްދަލުވުމަކަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.

އަމަލުތައް ހުންނެވި ގޮތުން ގިނަ ބައެއް ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބާއި ހަމައަށް ވާސިލުވުމަށްޓަކައި ކުރާ ދަތުރުގެ މަތީ ކުރުން އެންމެ މުހިންމެ އެއް ކަމަކީ ތަންފީޒު ކުރުމަށް ވައުދުވާ ސިޔާސަތުތައް އެކުލަވާލުންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްކުރާ ކުރުމަކީ ވޯޓު ގަނެގެން އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްކުރުން ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި އެއީ އިންތިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހޭ އަސްލު ސަބަބު ކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސާލިހާއި ހަވާލުކުރެވިފައިވާނަމަވެސް، ރައީސް ނަޝީދުވަނީ އެމަނިކުފާނާއި އެކު ކުރިއަށް ވަޑައިގަތުމަށް އިންކާރު ކުރައްވާފައެވެ. އަދި އެމަނިކުފާނާއިއެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ގޮތެއް ފެނިވަޑައިނުގަންނަވާކަމަށްވެސް ރައީސް ނަޝީދުވަނީ އެކި ފުރުސަތުތަކުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދުވަސްވަރު ދެއްވި އިންޓަރވިއުއެއްގައި އެމަނިކުފާނުވަނީ ރައީސް ސާލިހަކީ މާލީ ނުފޫޒު މެދުވެރިކޮށް އިންތިހާބުތައް ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: