ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، ބަންދަށް ފަސް ދުވަސް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ހުރަސްއެޅުން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

ސިލްސިލާކޮށް އިދިކޮޅުން މުޒާހަރާތައް ކޮންމެ ރެއަކު ވެސް ކުރިޔަށް ގެންދާއިރު، އެ ހަރަކާތުގެ ތެރެއަށް ރައީސްގެ މޮޓޯކޭޑު ވެއްދި މައްސަލަ ހޫނުވެ ސެކިއުރިޓީއާއި މެދު ބޮޑެތި ސުވާލުތައް ވަނީ އުފެދިފަ އެވެ. ހުޅުމާލޭގައި އޮތް ރަސްމީ ޖަލްސާއަކަށް ފަހު، ރައީސް މާލެ ވަޑައިގެންނެވި ވަގުތު އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އެ ޕާޓީ އޮފީސް ދޮރުމަތީ އިހުތިޖާޖުތައް ކުރަމުން ދިޔަ ނަމަވެސް އެވަގުތު ކާރު މަސައްކަތް ކުރީ އެ ސަރަހައްދުން ދިއުމަށެވެ. އެކަމަކު، އެއްވުމުގެ ބައިވެރިން ރައީސްގެ ކާރަށް ހުރަސްއަޅައި ކުރިޔަށް ދިޔަ ނުދީ ހިފެހެއްޓުމުގެ ސަބަބުން 15 މިނެޓު މޮޓޯކޭޑު އޮންނަން ޖެހުނެވެ.

ރައީސްގެ ކާރަށް ކުރިޔަށް ދިޔަ ނުދީ ހިފަހައްޓައި، އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައި ކާރަށް ގެއްލުންވެދާނެހެން އަމަލު ކުރި މައްސަލައިގައި ބައެއް މީހުން އެރޭ ވެސް ހައްޔަރު ކުރި އެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާއިރު، އިއްޔެ ހައްޔަރުކޮށްފައި ވަނީ އެކަމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރާ އެކެކެވެ. ހައްޔަރު ކުރި މީހާ ކާރު ކުރިމަތީގައި ޕީޕިއެމްގެ ދިދައެއް ހިފައިގެން ހުންނަ މަންޒަރު ބައެއް ވީޑިއޯތަކުން ފެނެ އެވެ.

މި މައްސަލައިގައި ދެން ހައްޔަރު ކުރި ހަތަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ. އެއީ 15 ދުވަހާއި 5 ދުވަހެވެ.

އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދަށް ހުޅުމާލެ ކޯޓުން ދީފައި ވަނީ ފަސް ދުވަހެވެ.

ރައީސްގެ ސެކިއުރިޓީ ބްރީޗްވި މައްސަލައިގައި އެންމެ ބޮޑެތި ފާޑުކިއުން އަމާޒުވެފައި ވަނީ އެމްއެންޑީއެފަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށެވެ. މަޖިލީހުގެ 241 ކޮމިޓީން ވެސް މައްސަލަ ބަލަމުންދާއިރު، މެމްބަރުން އެންމެ ބޮޑަށް އުފެއްދި ސުވާލަކީ މުޒާހަރާ ކުރިޔަށް ދާތަނަކަށް މޮޓޯކޭޑު ގެންދަން ޖެހުނު ސަބަބަކާއި މެދު އެވެ. ހާއްސަކޮށް މިއީ ސިލްސިލާކޮށް ކޮންމެ ރެއަކު ކުރިޔަށް ދާ އެއްވުންތަކެއްކަން މެމްބަރުން ފާހަގަކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: