ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީ ހިޔާނާތަށް މަގުފަހިވީ ރައީސް ނަޝީދުގެ ސަބަބުން: އިބްރާހިމް ޝަރީފް

ނަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީ ހިޔާނާތުގެ ބިންގާ އެޅިގެންދިޔައީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑަސީ އާއި ގުޅުވައި ރައީސް ނަޝީދާއި ރައީސް ސާލިހު ދެމެދު ބޮޑެތި މައްސަލަތައް ޖެހިފައިވާއިރު، ރައީސް ނަޝީދު ދަނީ ޖުމްހޫރީ ޕާޓީ އާއި އެކު އިންތިހާބު ކާމިޔާބު ކުރެއްވުމަށް މަސައްކަތްތައް ކުރައްވަމުންނެވެ. އެމްޑީޕީގެ ބައިބައިވެ އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން ޝަރީފްވަނީ ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު އެމަނިކުފާނުގެ ވެރިކަމުގައި ހިލޭ ރައްޓެހިންނަށް ކްރޮސް ސަބްސިޑީގެ ނަމުގައި 418 ރަށެއް ބަހާލިކަމަށެވެ. އޭނާ ވިދާޅުވީ، ބަހާލި ރަށްތަކުގެ ތެރެއިން 14 ރަށެއް ފިޔަވައި ބާކީ ހުރިހާ ރަށެއް ކުރީގެ ރައީސް ޑރ ވަހީދު ވަނީ އަތުލައްވާފައިކަމަށެވެ.

އެހެންނަމަވެސް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އުސޫލުތަކަށް ބަދަލުތަކެއް ގެންނަވައިގެން އަތުލައްވާފައި ތިބި ރަށްތަކުގެ ތެރެއިން 68 ރަށެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމަނިކުފާނު ހަވާލު ކުރެއްވިކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތް އުފަންވުމުގެ ބިންގާ އެޅިގެންދިޔައީ ރައީސް ނަޝީދު ހިޔޭ ދޫކުރެއްވި ރަށްތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ރަށްތައް ދައުލަތުން ނެގި ހިސާބުންކަމަށެވެ. އަދި އެ ހިސާބުން ކްރޮސް ސަބްސިޑީގެ ބަދަލުގައި އެކުޒިޝަން ފީއެއް ނަގާ ގޮތަށް އިންތިޒާމުވެގެންދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރައީސް ވަހީދުގެ ވެރިކަމުގައި އެ ރަށްތައް އަނބުރާ ދައުލަތުގެ ބެލުމުގެ ދަށަށް ނުގެންދިޔަނަމަ، 418 ރަށުން ކުރެ އެއްވެސް ރަށަކުން ދައުލަތަށް އެއްވެސް ފައިސާއެއް ނުލިބޭނެކަމަށެވެ. އޭނާ ވިދާޅުވީ، ކޮރޮސް ސަބްސިޑީއަށްވެސް ކުރާ އެއްވެސް މަސައްކަތެއް ނޯންނަކަމަށެވެ. އަދި އަތުނުލާ އޮތް 14 ރަށުންވެސް އެއްބަސްވުމުގައި ބަޔާން ކުރެވިފައިވާ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށާއި އެ ރަށްތައްވެސް އެއީ ހިލޭ ދީފައިވާ ރަށްތައް ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެމްއެމްޕީއާރްސީ ހިޔާނާތަށް މަގުފަހިވެގެންދިޔައީ ރައީސް ނަޝީދު ކްރޮސް ސަބްސިޑީ އުސޫލުން އެ އެމަނިކުފާނުގެ އަރިސް ބަޔަކަށް 418 ރަށްތައް ދޫކުރެއްވުމުގެ ސަބަބުންކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ހިނގި ބޮޑު ތިން ހިޔާނާތުގެ ތެރެއިންވެސް އެންމެ ބޮޑު ހިޔާނާތެއް ވެފައިވަނީ ރައީސް ނަޝީދުގެ ދައުރުގައިކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: