ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީން ހުޅުމާލޭގައި ޕާކެއް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސީއެސްއާރް  ޓީމުން ހުަޅުމާލޭގެ 704 ފްލެޓު ސަރަހައްދުގައި ޕާކެއް ހަދައި ހުޅުވައިފިއެވެ.

މި ޕާކު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވާދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި މި ކުންފުނީގެ އެމްޑީ އަހުމަދު އާތިފާއި އެހެން އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތާއި އެކު އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް ތަރާވީހެއްވެސް ބާއްވާފައެވެ.

ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ގާއިމްކޮށްދިނިމުގެ ގޮތުން އެޗްޑީސީން މި ޕާކު ހަދާފައި ވަނީ 704 ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލް ފަހަތުގައެވެ.

ދިވެހި ތާރީހު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއި އެކު ހަދާފައިވާ މި ޕާކުގެ އެންމެ ހާއްސަ ކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާކޮށްލެވޭ ގޮތަށް ހަފާފައިވާ ހޮޅުއައްޓެކެވެ.

މީގެ އިތުރަށް ކުޑަކުދިން ކުޅެން ހާއްސަކޮށްފައި މިނީ ފުޓްސަލް ދަނޑެއްވެސް ހަދާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: