ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާން މޯލްޑިވްސް ޕޮލިސީ ޑަޔަލޮގްގެ ހަތަރުވަނަ ބައްދަލުވުން ބާއްވަނީ!

ފޮރިން މިނިސްޓަރ ޝާހިދު ޖަޕާންގެ ސަފީރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑަޔަލޮގްގެ ހަތަރުވަނަ މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަން ފޮރިން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން،  ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލްކަމަށެވެ. އަދި އޭނާ އާއިއެކު ވަފުދެއްވެސް ބައިވެރިވާނެކަމަށް ބުނެފައިވެއެވެ. ޖަޕާނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ އެ ގައުމުގެ ފޮރިން އެފެއަރޒްގެ ޑިރެކްޓަރ ޖެނަރަލްއެއްކަމަށްވާ އަރިމާ ޔުޓާކާ އެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެކަމަށެވެ. އެގޮތުން އިގްތިސާދީ އަދި ސަގާފީ ކަންކަމާއި ސަރަހައްދީ އެއްބައިވަންތަކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ދެ ގައުމުން ޝައުގުވެރިވާކަންކަމާއިމެދުވެސް ވާހަކަތައް ދެކެވިގެންދާނެއިރު، ސަރަހައްދީ ކަންކަމާއި ބައިނަލްއަގުވާމީ ގޮތުންވެސް ހުރި ކަންބޮޑުވުންތައްވެސް ހިއްސާ ކުރާނެކަމަށް ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން، 2018 ވަނަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބޭއްވި މި ޕޮލިސީ ޑަޔަލޮގް ބައްދަލުވުމަކީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އޮތް މުހިންމު ވަސީލަތަކަށް ކަމަށެވެ. އަދި އެ ބައްދަލުވުމުގައިވެސް މުހިންމު މައުލޫތަކަށް ވާހަކަދެކެވުންކަމަށާއި އެގޮތުން ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާ އަށް އިންވެސްޓުކުރުމާއި މޫސުމީ ބަދަލުތަކުގެ އިތުރުން ކަނޑު ދަތުރު ފަތުރުގެ ރައްކައުތެރިކަމާއިމެދުވެސް ވާހަކަދެކެވިފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: