ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުގެ ސަރުކާރުން ވަކި ވައްތަރެއްގެ ދަރިފަސްކޮޅެއް އާލާކުރަން މަސައްކަތްކުރި މައްސަލައެއް ފެންމަތިވެއްޖެ

ޖަޕާނުގައި ހިންގި ސްޓެރިލައިޒޭޝަން ޕްރޮގްރާމާއި ދެކޮޅަށް އަޑު އުފުލަނީ: ފޮޓޯ/ ގެޓީ އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާނުގެ ދަރިފަސްކޮޅު ވަކި ގޮތެއްގެ މަތިން ދެމެހެއްޓުމަށްޓަކައި ހަދާފައިވާ ގާނޫނެއްގެ ދަށުން އުމުރުން ނުވަ އަހަރުގެ ކުދިންތަކަކަށްވެސް ދަރިން ނުލިބޭނެ ފަދަ ގޮތަކަށް ހަދާފައިވާކަން އެ ގައުމުގެ ސަރުކާރުގެ ރިޕޯޓަކުން ފާހަގަކުރެވިފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

1900ގެ އަހަރުތަކުގެ ކުރިން އިސްލާހު ނުކުރެވި އޮތް “ޔޫޖީނިކްސް” ނުވަތަ ދަރިފަސްކޮޅު ހަރުދަނާކުރުމަށް ވަކި ސިފަތަކެއް ހުރި ބަޔަކަށް ދަރިން ނުލިބޭ ގޮތް ހަދާފައިވާކަން އެ ގައުމުގެ ސަރުކާރުން ދާދި ފަހުން އާންމުކުރި ރިޕޯޓެއްގައި ފާހަގަކުރެވުމާއިއެކު، އެ ގައުމުގެ ރައްޔިތުންވަނީ ކަންބޮޑުވެ ނުރުހުން ފާޅުކޮށްފައެވެ.

1400 ސޮފްހާގެ މި ރިޕޯޓު މިހާރުވަނީ އެ ގައުމުގެ ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިކަމަށްވާއިރު، 1948 އިން 1996 އާއި ދެމެދު 16،500 މީހެއްގެ މައްޗަށް “ސްޓެރިލައިޒޭޝަން” ނުވަތަ ދަރިން ނުލިބޭ ގޮތް ހަދާ ސާޖަރީތަކެއް ހަދާފައިވާކަމުގެ ތަފްސީލުތައް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. 16،500 މީހެއް ސްޓެރިލައިޒް ކުރެވިފައިވަނީ އެ މީހުންގެ ފަރާތުން ހުއްދައެއް ހޯދުމެއް ނެތިއެވެ. އެކަންކޮށްފައިވަނީ އަލަށް އުފަންވާ ދަރިންގެ “ކޮލިޓީ” ދަށްވެގެންދިއުން ހުއްޓުމަކަށް ގެނައުމަށާއި ކުދިން ވިހާއިރު މައިންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށްކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

8،000 މީހެއްގެ ހުއްދަ އާއިއެކުވެސް ސްޓެރިލައިޒްކޮށްފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާކަަމަށާއި، އެހެންނަމަވެސް އެއީވެސް މަޖުބޫރުކުރުވައިގެންކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، 60،000 މީހެއްގެ ކިބައިން އާއިލީ ބަލިތައް ފާހަގަކުރެވިފައިވާކަން އަދި އެ މީހުންގެ އެބޯޝަންތައް ހެދިފައިވާކަންވެސް ތަފްސީލުތަކުގައިވެއެވެ.

ކުޑަކުދިން ތަކެއްގެ ސްޓެރިޒައިލޭޝަން މައްސަލަ ހޫނުވެފައިވާއިރު، އެެއީ 9 އަހަރުގެ އަންހެން ކުއްޖަކާއި އެ އުމުރުގެ ފިރިހެން ކުއްޖެއްކަމަށް ރިޕޯޓުތަކުގައިވެއެވެ. މި މައްސަލައާއި ގުޅިގެން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނު ސަރުކާރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ބޮޑެތި ބަލިތައް ޖެހިފައިވާާ މީހުންނަށް ވެފައިވާ އިހުމާލުތައްވެސް ދަނީ ފެންމަތިވަމުންނެވެ.

2019 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުގެ މަޖިލީހުންވަނީ ގެއްލުންތައް ލިބިފައިވާ ފަރާތްތަކަށް ކޮންމެ މީހަކަށް 22،800 ޑޮލަރު ދިނުމަށް ފާސްކޮށްފައިކަމަށްވީނަމަވެސް، އެ އަދަދު އެކަށީގެން ނުވާކަމަށް އަޑު އުފުލާ ފަރާތްތަކުން ފާހަގަކުރެއެވެ. މި ފައިސާ ހޯދުމަށް ހުށައަޅާ ފަރާތްތަކަށް ފަހު ތާރީހަކީ 2024 ވަނަ އަހަރުގެ އެޕްރިލް ނަމަވެސް މިހާތަނަށް ހުށައަޅައި ފައިސާ ބަލައިގަނެފައިވަނީ 1049 މީހެއްކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ޖަޕާނުގެ ސަރުކާރުން ހިންގާފައިވާ “ސްޓެރިލައިޒޭޝަން” ޕްރޮގްރާމްގެ ސަބަބުން ގެއްލުންތައް ލިބިފައިވާ ބައެއް ފަރާތްތަކުން އެ މައްސަލަ ފެންމަތިކޮށް ގެއްލުންތަކުގެ ބަދަލުތައް ދިނުމަށް ގޮވާލަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. އަދި މި ފަދަ މައްސަލަތައް ކޯޓަށްވެސް ހުށައެޅިފައިވާއިރު، މިހާތަނަށް ހުށައަޅައިގެން ކާމިޔާބީ ލިބިފައިވަނި 4 ކޯޓަކުންނެވެ. ބާކީ ކޯޓުތަކުންވަނީ އެކަން ހިނގާދިއުމަށްފަހު އަހަރުތަކެއް ހޭދަވެފައިވުމުގެ ސަބަބުން މައްސަލަ ބެލެން ނެތްކަމަށް ފާހަގަކޮށް ސަރުކާރާއި އެއްބައިވެފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އެހެންނަމަވެސް އެ ޕްރޮގްރާމްތަކުގެ ޝިކާރައަކަށް ވީ ފަރާތްތަކަށް ސާޖަރީތަކެއް ހެދިފައިވާކަން އެނގިގެންދިޔައީ ލަހުންކަމަށްވުމުން، މައްސަލަ ހުށައެޅުން ލަސްވެގެންދިޔަކަމަށް ވަކީލުންވަނީ ކޯޓުތަކުގައި ފާހަގަކޮށްފައެވެ.

މީގެ ކުރިން ޖަރުމަނުވިލާތާއި ސްވިޑެން ފަދަ ގައުމުތަކުގައިވެސް މިފަދަ ގާނޫނުތައް ހެދި ޕްރޮގްރާމްތައްވެސް ހިންގާފައިވާއިރު، މިހާރު އެ ގައުމުތަކުންވަނީ ގެއްލުން ލިބުނު ފަރާތްތަކުގެ ކިބައިން މާފަށް އެދި ގެއްލުމުގެ ބަދަލުވެސް ދީފައެވެ. އެ ގައުމުތަކުންވަނީ އެ ގާނޫނުތައް އުވާލާފައެވެ.

އެހެންނަމަވެސް ޖަޕާނުގެ ހައި ކޯޓަކުންވަނީ ބަދަލު ހޯދުމަށް ހުށައެޅިފައިވާ ދެ މައްސަލައެއް އިންކާރުކޮށްފައެވެ. މައްސަލަތައް ހުށައެޅި ދެ އަންހެނެއްކަމަށްވާއިރު، އެކަކުގެ ސާޖަރީ ހަދާފައިވަނީ އޭނާއަށް އުމުރުން 16 އަހަރުގައި މަޖުބޫރުން ކްލިނިކަކަށް ގެންގޮސްގެންކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

މި ޕްރޮގްރާމްތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ބައެއް ފަރާތްތަކުން މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، އެ ގައުމުގެ ސަބަބުން އޭނާގެ އެންމެ ގާތްގުޅުންތަކަށް ނޭދެވޭ އަސަރުތައް ކޮށްފައިވެއެވެ. އެގޮތުން ފިރިމީހާ އަށް އެކަން އެންގުމާއިއެކު، ވަރިވުމަށް އެދުމުގެ މައްސަލަތައް ފާހަގަކޮށްފައިވާއިރު، އެކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށްވެސް ބޮޑެތި އަސަރުތައްކޮށްފައިވާކަމަށް ޝާއިއުކޮށްފައިވެއެވެ.

ޖަޕާނުގައި ހިންގާފައިވާ ޕްރޮގްރާމްގެ ރިޕޯޓު އާންމުވެގެންދިއުމާއިއެކު، އެ ގައުމުގެ ޗީފް ކެބިނެޓު ސެކްރެޓްރީވަނީ ސަރުކާރުން އެކަމަށް ރިއާޔަތްކުރާނެކަމަށާއި އިންތިހާއަށް މާފަށް އެދޭކަމަށް ބުުނެފައެވެ. މަޖިލީހަށް ހުށައެޅިފައިވާ ރިޕޯޓުގައިވާގޮތުން އެ ޕްރޮގްރާމްތައް ހިންގިފައިވާ ގާނޫނުގެ ދަށުން،  މީގެ ކުރިން ސަރުކާރަށް، ސިކުންޑީގެ މައްސަލަތައް ހުންނަ ފަރާތްތަކާއި ދަސްކުރުމުގައި ދަތިތައް ހުރި ފަރާތްތަކާއި ވާރުތަވާ އާއިލީ ބަލިތައް ހުރި މީހުންގެ މައްޗަށް ބާރު ފޯރުވެއެވެ.

ޕްރޮގްރާމްގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތްތައް ތަމްސީލުކުރައްވާ ޖަޕާނުގެ ވަކީލެއް ވަނީ، ރިޕޯޓުން ބައެއް ޖަވާބުތައް ލިބިގެން ނުދާކަމަށް ފާހަގަކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ގާނޫނު ވުޖޫދު ކުރެވުނު ސަބަބާއި، އެފަދަ ގާނޫނެއް އިސްލާހު ކުރުމަށް 48 އަހަރު ވެގެންދިޔަ ސަބަބާއި، ގެއްލުންތައް ލިބުނު ފަރާތްތަކަށް ބަދަލުތައް ލިބިފައިނުވާ ސަބަބު ސާފުވެގެން ނުދާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: