ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަވަހާރަކޮށްލެވިފައިވާ ޖަޕާނުގެ ބޮޑުވަޒީރުގެ ތައުޒިއްޔާގެ ދަފްތަރުގައި ރައީސް ސޮއި ކުރައްވައިފި

ރައީސް ސާލިހު، ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރުގެ ތައުޒިއްޔާ ދަފްތަރުގައި ސޮއި ކުރައްވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އާބޭގެ ތައުޒިއްޔާގެ ދަފްތަރުގައި ސޮއި ކުރައްވައިފިއެވެ.

އެންމެ ދިގު މުއްދަތަކަށް ޖަޕާނުގެ ބޮޑު ވަޒީރުކަން ކުރައްވާފައިވާ ޝިންޒޯ އާބޭ އަށް ހަމަލާއެއް ދީފައިވަނީ، އެ ގައުމުގެ ނާރާ ސިޓީގައި، ރައްޔިތުންނާއި މުހާތަބް ކުރައްވަން ހުނެވި ދަނޑިވަޅެއްގައިއެވެ. ބަޑިއެއްގެ ބޭނުންކޮށް، ޝިންޒޯއަށް ދީފައިވާ ހަމަލާގައި މޭމައްޗަށް ލިބުނު ޒަހަމުތަކާއި ގުޅިގެން އެނާ ވަނީ ނިޔާވެފައިއެވެ.

ޖުލައި މަހުގެ 8 ވަނަ ދުވަހު ޖަޕާނުގައި ހިނގި ހާދިސާއެއްގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ތައުޒިއްޔާގެ ދަފްތަރުގައި ރައީސް ސާލިހު ސޮއި ކުރެއްވީ، ދިވެހި ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގައިއެވެ.

2012 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ތެރެއަށް ޖަޕާނުގެ ބޮޑުވަޒީރު ކަން ކުރެއްވި ޝިންޒޯ އާބޭގެ ތައުޒިޔާ ދަފްތަރުގައި، ރައީސް ސާލިހު އެނާ ސިފަކުރައްވާފައިވަނީ، އެ ގައުމުގެ ތަރައްގީއައްޓަކައި، އަގުހުރި މަސައްކަތްތަކެއް ކުރެއްވި، ދުރަށް ވިސްނާވަޑައިގެންނެވި ލީޑަރެއްގެ ގޮތަށެވެ. އަދި ޝިންޒޯ އާބޭއަކީ، ދިވެހިރާއްޖޭއާއި، ގާތް ގުޅުމެއް ބޭއްވި ބޭފުޅެއްކަމަށާއި، އެނާގެ ހަނދާންތައް ދިވެހި ރައްޔިތުން އަބަދުވެސް އާކުރާނެކަމަށް ރައީސް ސާލިހުވަނީ ތައުޒިއްޔާގެ ދަފްތަރުގައި ބަޔާން ކުރައްވާފައިއެވެ.

ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އާބޭގެ ފުރާނައަށް އަމާޒުކޮށް، ހަމަލާއެއް ދިނުމާއި ގުޅިގެން އެ ގައުމުގެ ރައްޔިތަކުވަނީ ހައްޔަރު ކުރެވިފައިއެވެ. އެ ގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރިގޮތުން، ޝިންޒޯއަށް ހަމަލާދިން މިހާ ހައްޔަރު ކުރެވުނު އިރު، ހަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރުވެސް އެނާ އަތުން ފެނިފައިވެއެވެ. އެ ހަމަލާއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ޖަޕާނުގެ ނާރާ ސިޓީއަށް ނިސްބަތްވާ 42 އަހަރުގެ ފިރިހެނެއްކަމަށްވެސް ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: