ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

38 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ޓެސްޓްކުރާ ތަކެތި ޖަޕާނު ރާއްޖެއަށް ހަދިޔާކޮށްފި

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި މަސްތުވާތަކެތި ޓެސްޓް ކުރާ ތަކެއްޗާއި ހަވާލުވުމަށް ބޭއްވި ހަފްލާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތިތޯ ބެލުމަށް ޓެސްކުރަން ބޭނުންވާ 38 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނު ސަރުކާރުން ދިވެހިރާއްޖޭގެ ސިފައިންނަށް ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަވާލުކޮށްފައިވަނީ އދގެ މަސްތުވާތަކެއްޗާ ބެހޭ އޮފީހާއިއެކު އެ ގައުމުން މިއަހަރުގެ މަރޗް މަހު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުންނެވެ. މި ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކަނޑު މަގުން ރާއްޖެ އެތެރެ ކުރާ މަސްތުވާތަކެތި ބަލާ، ޓެސްޓު ކުރުމަށެވެ.

މި ތަކެތި ބޭނުން ކުރެވޭނެ ދެ ހާލަތެއް ޖަޕާނު އެމްބަސީއިން ވަނީ ބުނެފައެވެ.

އެގޮތުން:

  1. މަސްތުވާތަކެތި ދަނެގަތުމަށް
  2. ތަހުގީގު މަރުހަލާގައި އާއި ދައުވާ ކުރާ މަރުހަލާގައި

މި ތަކެއްޗާއި ހަވާލުވެފައިވަނީ ބަންޑާރަ ކޮށީގައި ބޭއްވި ހަފުލާއެއްގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: