ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ މަގާމްތަކުގައި ތިބި ޖޭޕީގެ ބޭފުޅުން ޕާޓީން ވަކިވަނީ މަގާމު ދިފާއުކުރުމަށްކަން އިއުލާންކުރުން ކީއްތޯ؟: ގާސިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މަގާމްތަކުގައި ތިބި ޖޭޕީގެ ބައެއް ބޭފުޅުން އެ މަގާމު ދިފާއުކުރުމަށް ޕާޓީއާއި ލީޑަރޝިޕް ބަދުނާމު ނުކުރުމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ގާސިމް ވިދާޅުވީ ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކޮށް ހަގީގަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން ޕާޓީން ވަކިވާ ކަމަށް އިއުލާން ކުރުން ކީއްތޯ ވިދާޅުވެފައެވެ.

 

މި ސަރުކާރުގައި ޖުމްހޫރީ  ޕާޓީގެ ސްލޮޓްގައި ވަޒީރުކަމާއި ނައިބު ވަޒީރު ކަމުގެ އިތުރުން އެހެނިހެން ބައެއް ސިޔާސީ މަގާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދަނީ ޖޭޕީން ވަކިވަމުންނެވެ. އެބޭފުޅުން ވަކިވަނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ތާއީދުކޮށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދިނުމަށެވެ. އެގޮތުން އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހް އާއި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްވެސް ވަނީ ގާސިމް ދޫކުރައްވައި ރައީސް ސާލިހްގެ ފަހަތްޕުޅަށް އަރާފައެވެ.

ޖޭޕީން މެމްބަރުން ވަކިވަމުންދާތީ އެ މެމްބަރުންނަށް ޕާޓީގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ނަމަވެސް އެމްޑީޕީގެ ފަރާތުން ޖުމްހޫރީ ޕާޓީއާ ވަކިވާ ހުރިހާ މެމްބަރުންނަށް ދަނީ މަރުހަބާ ކިޔަމުންނެވެ. އެގޮތުން ވަލީދާ ވަލީދާއި ހަސަން ޝާހުގެ އިތުރުން އާދަމް އާޒިމް އަށް މީސް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ މަރުހަބާ ކިޔައި ރައީސް ސާލިހާ އެކު ކުރިއަށް ދިއުމަށް ނިންމި  ނިންމުމަކީ ރަނގަލު ނިންމުމެއް ކަމަށް ބުނެފައެވެ.

ޖޭޕީގެ ލީޑަރު ގާސިމް  މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕާޓީގެ ކައުންސިލްގައި އެދިލެއްވި ހިސާބުން މިސަރުކާރުގައި ތިބި ބައެއް ޖޭޕީގެ މެމްބަރުން ވަނީ އެ ޕާޓީ ދޫކޮށް ގޮސްފައެވެ. މެމްބަރުން ޖޭޕީ ދޫކޮށް ދިޔަ ނަމަވެސް ޕާޓީގެ ފަރާތުން އެ މެމްބަރުން ވަކިވުމާ މެދު މާ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަށް ނުފެންނަ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުންދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: