ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކަށް ތާއީދު ނުކުރާނަން، ގައުމަށް ފައިދާ ހުރި ގޮތަކީ ޔާމީން: އަބްދުއްރަހީމް

ރައީސް އަބްދުﷲ ޔާމީނާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާފައިވާކަމަށާއި، އިތުރު އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކަށް ތާއީދު ނުކުރާނެކަމަށް ޕީއެންސީގެ ރައީސް އިބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ރިޔާސީ ޓިކެޓު އިދިކޮޅުން ރައީސް ޔާމީނާއި ހަވާލުކޮށްފައިވީ ނަމަވެސް އެމަނިކުފާނު މިވަގުތު ހުންނެވީ 11 އަހަރު ޖަލު ހުކުމެއްގަ އެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ މައްސަލަ މިވަގުތު ވެސް ދަށު ކޯޓުގައި ހިނގަމުން އެބަދެ އެވެ. އެހެންވެ، އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނެތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ފާޑުކިއުންތަކަށް ރައްދު ދީ ތަކުރާރުކޮށް އިދިކޮޅުން ބުނަމުން އައީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށާއި އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ. އަދި އިތުރު އެއްވެސް ހާލަތެއް އައިސްދާނެކަމަށް ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ވަނީ ބުނެފަ އެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން 2023 ގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެކު މަސައްކަތް ކުރައްވަމުން ގެންދަވާއިރު ޖޭޕީގެ ލީޑަރު ގާސިމް ދަނީ ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މަޝްވަރާގެ ދައުވަތުތައް ފޮނުވަމުންދާއިރު އެންމެ ފަހުން އެ ސިޓީ ފޮނުވާފައި ވަނީ އިދިކޮޅު ޕާޓީއަށާއި، އެމްއެންޕީއަށެވެ.

ގާސިމްގެ ހުށަހެޅުމެއް އިދިކޮޅަށް ފޮނުވިކަން މީޑިއާތަކުން ރިޕޯޓު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެ ކޯލިޝަންގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށާއި ޕާޓީގެ ނިންމުމަށް އެއްވެސް ބަދަލެއް ގެނެސް އިތުރު ބަޔަކާއި އެކު ގުޅެން ބޭނުން ނުވާކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ގައުމަށް ހެޔޮ އެދޭ ބޭފުޅުން އެ ކޯލިޝަނާއި ގުޅުމަށް ދައުވަތު އަރުވާކަމަށެވެ. އެއީ ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ހަމަޖައްސައި އިދިކޮޅުން ދަނީ ކެމްޕެއިންތައް ވެސް ކުރަމުންނެވެ. އަދި އެމަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ. ވަކީލުން ވިދާޅުވީ ރައީސް ޔާމީން ހައިކޯޓުން މިނިވަންވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: