ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް އެއީ ރާއްޖޭގެ ބައެއް ކަމަށް ބުނުމަކީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ނޫންކަމަށް ބުނުން: އިބްރާހިމް ޝަރީފް

ނަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބުނުމުގެ މާނައަކީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ނޫންކަމަށް ބުނުންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޗާގޮސްގެ މައްސަލައިގައި މޮރިޝަސްގެ ސަރުކާރަށް ފޮނުއްވި ކަމަށް ބުނާ ސިޓީ ސޯޝަލް މީޑިއާގައި އާންމުވުމާއިއެކު ގިނަ އަދަދެއްގެ މީހުންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ރައީސް ސާލިހު ފޮނުއްވި ސިޓީކަމަށް ބުނާ ލިޔެކިއުމުގައި ވާގޮތުން އެމަނިކުފާނުވަނީ ޗާގޮސް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށް އެއްބާރުލުން ދެއްވާކަމަށް ފާހަގަކުރައްވާފައެވެ.

ޗާގޮސްއަކީ ރާއްޖެއިން ބައެއްކަމަށް ބުނަމުންދާ އަޑުތައް ގަދަވެފައިވާއިރު، ނުރުހުން ފާޅުކުރައްވާ ޝަރީފް ވިދާޅުވީ، އެ ގައުމުގެ ރައްޔިތުންނަކީ ކްރިސްޓިއަން ބައެއްކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޗާގޮސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ވަކާލާތުކުރައްވަމުންދާކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދު އެ ވިދާޅުވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ނޫންކަމަށް ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު ވިދާޅުވަމުންދާނަމަވެސް، ޗާގޮސްއަކީ އެއް އިރެއްގައިވެސް ރާއްޖެއިން ބައެއް ނޫންކަމަށެވެ.  އަދި އެ ތަނަކީ ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ތަނެއްގެ ގޮތުގައި އައިސީޖޭއިން ލަފާ ދީފައިވާކަމަށާއި އދގެ އާންމު މަޖިލީހުންވެސް އެގޮތަށް ކަނޑައަޅައި ނިންމާފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، އިޓްލޮސް އިން ނިންމާނީ ރާއްޖެ އަދި ޗާގޮސް ދެމެދު އިން ވަކި ކުރަންކަމަށެވެ. އަދި އެކަން ކުރާނީ އިންޓާރނެޝަލް ލޯ އޮފް ދަ ސީ އިން ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިން ވަކި ކުރާނީ ރާއްޖެ އަދި މޮރިޝަސްއަށްވެސް ވާގޮތަށްކަމަށެވެ. އަދި ރާއްޖެއަށް ހައްގުވާ އެއްޗަކުން އިންޗިއެއްވެސް މަދުނުވާނެކަމަށާއި، ރައީސް ސާލިހު ރާއްޖޭގެ ބިމަކުން އިންޗިއެއްވެސް އެހެން ބަޔަކަށް ދެއްވާފައިނުވާކަމަށް އޭނާ ވިދާލުވިއެވެ. ޝަރީފް ވިދާޅުވީ، އިދިކޮޅުން ދައްކަމުންދަނީ ހަގީގަތެއް ނެތް ބުހުތާނު ދޮގު ވާހަކަތަކެއްކަމަށެވެ.

ޝަރީފް ވިދާޅުވީ، ޗާގޮސްއަކީ ރާއްޖޭގެ ތަނެއް ނަމަ އިން ވަކި ކުރުމުގެ މަސައްކަތްތައް ކުރަން ނުޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ، އައްޑޫ އަދި ފުވައްމުލަކު ދެމެދު އިން ވަކި ކުރުމަށް އިޓްލޮސްއަށް ހުށައަޅަން ނުޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ހުށައަޅަން ނުޖެހެނީ އެއީ ރާއްޖެއިން ބަޔަކަށް ވުމުންކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: