ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދިން ގައިދީއަކީ ރައީސް ޔާމީން: އިމްރާން

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ މަފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދާ މީހުންގެ ތެރެއިން އެންމެ ހިދުމަތް ރަނގަޅު ބޭފުޅާކަން މޯލްޑިވްސް ކަރެކްޝަންސް ސާވިސް ވެސް ގަބޫލު ކުރާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނަށް އުނދަގޫކޮށް ޖެއްސުން ކުރުމުގެ ގޮތުން އެމަނިކުފާނު ހުންނަވާ ކޮޓަރީގެ ފާހަނާގައި ކެމެރޭ ހަރުކޮށްފައިވާކަމަށް ތުހުމަތުކޮށް އިދިކޮޅުން ވަނީ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީނަށް އަނިޔާ ދިނުމަށް ރާވައިގެން ސަރުކާރުން ހިންގާ އަމަލުތަކުގައި އެކަން ތަންފީޒު ކުރުމަށް އިސްވެ ހުރީ އިމްރާން ކަމަށެވެ.

އިދިކޮޅުން ބުނެފައި ވަނީ މީގެ ކުރިން ވެސް ރައީސް ޔާމީނަށް އަނިޔާ ދިނުމުގެ ގޮތުން، އެމަނިކުފާނު ބޭނުން ކުރާ ގޮޅީގައި ހުންނަވާ ވަގުތު ޖެއްސުން ކުރަމުން ގެންދާކަމަށެވެ. އެކަމާއި މެދު އިންތިހާއަށް ކަންބޮޑުވެ ބިރުގަންނަކަމަށާއި، ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މުވައްސަސާތަކަށް ގޮވާލާކަމަށް އިދިކޮޅުން ބުންޏެވެ.

މި ތުހުމަތުތައް މީޑިއާތަކުން ރިޕޯޓު ކުރުމުން، އެ ވާހަކަތަކާއި ގުޅޭގޮތުން އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަން ލިބޭ އެއްވެސް ކަމަކަށް ތާއީދު ނުކުރާ ކަމަށެވެ. އަދި ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނު ގައިދީއަކީ ރައީސް ޔާމިންކަމަށާއި، އެކަން ކަރެކްޝަންސްގެ އޮފިސަރުންނަށް ސާފުވާނެކަމަށް އިމްރާން ވިދާޅުވި އެވެ.

މީގެކުރިން ވެސް ރައީސް ޔާމީން ބަންދުކޮށްފައިވާ ތަނުގައި، އުނދަގޫ ކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އަޅާފައިވާކަމަށް އިދިކޮޅުން ތުހުމަތު ކުރުމުން އެ ވާހަކަތަށް ދޮގުކޮށް ކަރެކްޝަނަލް ސާވިސް ބުނެފައި ވަނީ އެމަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށެވެ.

ކަރެކްޝަނުން ފާހަގަކުރި، އެސްޕީޔޫ ޔުނިޓަކީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، ސިޔާސީ އެކި ބޭފުޅުން ބަންދުގެ ދުވަސްތައް ހޭދަ ކުރިތަނެވެ.

ރައީސް ޔާމީނަށް ތަފާތު އެކި ޑީލްތައް ހުށަހެޅުމަށް އިމްރާން މަސައްކަތް ކުރިކަމުގެ ތުހުމަތު ވެސް އިދިކޮޅުން ކުރެ އެވެ. އެގޮތުން ވަކި ކަންތަކަކަށް އެއްބަސްވާ ހާލަތެއްގައި ގޭބަންދަށް ބަދަލު ކުރުމަށް ނުވަތަ ބޭސްފަރުވާގެ ނަމުގައި ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ލިބޭނެކަމަށް ބުނެ އިމްރާން ރައީސް ޔާމީނާއި ވާހަކަ ދެއްކެވިކަމަށް އިދިކޮޅުން ބުނެ އެވެ. އެކަމަކު އެފަދަ އެއްވެސް ހުށަހެޅުމަށް ރައީސް ޔާމީން އެއްބަސް ނުވާނެކަމަށާއި، އަދި ޑީލެއްގެ ދަށުން ވެސް މިނިވަންވުމަށް ރައީސް ޔާމީން މަސައްކަތް ނުކުރާނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: