ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޖޭޕީ އާ ގުޅުމަށް ގާސިމް އެދިވަޑައިގެންފި

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އާއި ބައިވެރިވެ ޖުމްހޫރީ ޕާޓީއަށް ވަނުމަށް އެދިވަޑައިގެންފިއެވެ.

ގާސިމް ޖޭޕީއަށް ވަނުމަށް ގޮވާލައްވާފައިވަނީ ރޭ އެމަނިކުފާނުގެ އުފަންރަށް އދ މާމިނގިލިން 100 އަށް ވުރެ ގިނަ ބަޔަކު އެ ޕާޓީއަށް ސޮއި ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ގާސިމް ވަނީ އޭނާ އާއި އެކު މިއަހަރުގެ ރިޔާސީ އިންތިހާބު ޖޭޕީ އަށް ކާމިޔާބު ކުރުމަށް އެދި އިހްލާސްތެރިކަމާއެކު ކެމްޕޭންގެ މަސައްކަތް ކުރުމުގެ ނިޔަތުގައި ގުޅިވަޑައިގެން އެންމެނަށް މަރުހަބާ ދަންނަވާފައެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާންކޮށްފައިވާއިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ގާސިމް ގެންދަވަނީ ސިޔާސީ ޕާޓީތަކާއި އެކު ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން ދާދި  ފަހުން ގާސިމް ވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަހުން ފިކުރެއްގެ ދިރުމުގެ ބައެއް ފަރާތްތަކާ އެކު ސަން އައިލެންޑްގައި ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެ ބައްދަލުވުމާއިބެހޭ މާ ބޮޑު ތަފްސީލެއް މިހާތަނަށް ހާމަ ކޮށްފައިނުވާއިރު އެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ އިތުރުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު އާއި ގާސިމް އާއި ގާސިމްގެ އެޑްވައިޒަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ގާސިމްގެ އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ އިތުރުން ގާސިމްގެ ސްޕެޝަލް އެންވޯއީ އަދި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދު ބައިވެރިވެފައިވެއެވެ.

ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީއާއި އެކު ބޭއްވުނު ބައްދަލުވުމަކީ މިއަހަރުގެ ރިޔާސީ އިންތިހާބާއި ބެހޭ ގޮތުން ކުރިއަށްދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: