ރާއްޖެ އާއި މޮރިޝަސް ދެމެދު އޮތް މައްސަލަ ސިޔާސީ ކުރުމަށް އިދިކޮޅުން މަސައްކަތްކުރާ ކަމަށާއި ކުރަމުންދަނީ ނުރައްކާތެރިކަމެއްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ އަދި މޮރިޝަސްގެ އިމުގެ މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލި މަސްވެރިކަމެއް ސިނާއަތަށް ބޮޑެތި ގެއްލުންތައް ވެގެންދާކަމަށް އިދިކޮޅާއި އެމްޑީޕީގެ ވެސް ބައެއް މެމްބަރުން ބުނަމުންދާއިރު، ޝަރީފްވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެެ. އޭނާ ވިދާޅުވީ، ގުޅިފައިވާ އިދިކޮޅުގެ ފަރާތްތަކުން މޮރިޝަސް އަދި ރާއްޖޭގެ ދެމެދު އޮތް މައްސަލައެއް ސިޔާސީ ކުރުމަށް މަސައްކަތްކުރާކަމަށެވެ.
އޭނާ ވިދާޅުވީ، އެ މަސައްކަތްތަކުގެ ފަހަތުގައިވަނީ އާދައިގެ ސިޔާސީ މަގުސަދުތަކާއި އަމިއްލަ އެދުންތައް ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ބޮޑެތި ނުރައްކާތަކާއި ކުރިމަތިލާންޖެހިދާނެކަމަށާއި ކުރިމަގަށްވެސް ބޮޑެތި އަސަރުތައް ކޮށްފާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިންޑިއާ އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގެއްލުން ނޫން އެއްޗެއް ލިބެން ނެތްކަމަށެވެ.
The combined opposition parties campaign to policise a bilateral issue w/ Mauritius to achieve petty political interests n personnel goals is highly dangerous n will have long term consequences.India bashing cannot achieve anything other than loss n suffering for our people.
— Ibrahim Shareef (@AdduShareef) May 17, 2023
ޝަރީފް ވިދާޅުވީ، ސިޔާސީ ގޮތުން މަންފާއެއް ހާސިލު ކުރުމުގެ މަގުސަދުގައި އިދިކޮޅު ފަރާތްތަކުންދަނީ ޗާގޮސް މައްސަލަ އޮޅުވާލަމުންކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކޮށް އުޅުން ސަރަހައްދުން ބައެއް ގެއްލިފައިނުވާކަމަށާއި އެއީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ޒިންމާދާރުކަން ކުޑަ ވާހަކައެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިހާރު ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރަހައްދެއްގެ މައްޗަށް ދިވެހިރާއްޖެއަށް ބާރު ހިންގޭކަމަށެވެ.
އޭނާ ވިދާޅުވީ، ނިމިގޮސްފައިވަނީ 58 އަހަރު ވެފައިވާ މައްސަލައެއްކަމަށެވެ. އަދި އެ މައްސަލަ ނިމިފައިވަނީ ސުލްހަވެރިކަމާއިއެކު ކަމަށާއި މައްސަލަ ނިމިފައިވަނީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތެއްގެ މައްޗަށްކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

