ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ މުޅި އާ ފެށުމެއް، ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދަ ޑިމޮކްރެޓްސް ނަމޫނާ ދައްކާނެ: ޝިފާޒް

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ މުޅި އާ ފެށުމެއްކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދަ ޑިމޮކްރެޓްސް ނަމޫނާ ދައްކާނެކަމަށް އެމްޑީޕީގެ ނައިބު ރައީސްކަމުގައި ކުރިން ހުންނެވި މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ،

ޝިފާޒް އެމްޑީޕީއާއި ވަކިވެވަޑައިގަތީ އެމްޑީޕީގެ މިސްރާބު ހުރީ ޕާޓީ އުފެއްދި މަގްސަދާއި ދުރަށްކަމަށް ވިދާޅުވެ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރެއްވުމަށެވެ. އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްއިން ވަނީ އެމްޑީޕީގެ ހަރުގެ ހުރިތަނުގައި އެ ޕާޓީގެ ފުރަތަމަ ޖަލްސާ ބާއްވާފައެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ އެ ޕާޓީގެ މެންބަރުން އަމިއްލަ މަންފާތައް ހޯދުމަށްޓަކައި ގައުމީ މަސްލަހަތު ދޫކޮށް ނުލައްވާނެކަމަށެވެ. އަމިއްލަ މަންފާގެ ބަދަލުގައި ދަ ޑިމޮކްރެޓްސްއިން ބަލާނީ މިނިވަންކަމާއި އިންސާފުވެރިކަމާއިއެކު ކަންތައްތައް ކުރުމަށްކަމަށް ޝިފާޒް ވިދާޅުވިއެވެ.

މީހެއްގެ ފައިބުޑަށް ނުގޮސް ހައްގުތައް ކަށަވަރުކުރުމަކީ ދަ ޑިމޮކްރެޓްސްގެ މަގުސަދުކަމަށް ޝިފާޒް ވިދާޅުވިއެވެ. މި މަސައްކަތުގައި އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެކަމަށާއި، ނަމަވެސް އަނެއްކާވެސް މިއޮތީ އެ މަސައްކަތް މިއކުރަންޖެހިފައިކަމަށް ޝިފާޒް ވިދާޅުވިއެވެ. ސަރުކާރަށް ވައްކަމުގެ ތުހުމަތު އިންތިހާއަށް އެބައޮތްކަމަށާއި، ރައީސުލްޖުމްހުރިއްޔާއިން ފެށިގެން ސަރުކާރު ހިންގުމުގައި އިސްކޮށް ތިބި ފަރާތްތަކަށްވެސް މި ތުހުމަތުތައްކުރެވޭކަމަށް ޝިފާޒް ވިދާޅުވިއެވެ.

ހަމައެއާއިއެކީގައި ކުންފުނިތައް ހިންގަވަން ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ރައްޔިތުންގެ ފަރާތުން އިވެމުންދަނީ ވައްކަމުގެ މި ތުހުމަތުގެ އަޑު. މުޅި ދިވެހި ދައުލަތް ކޮރަޕްޝަނުގެ ހާއްޔަކަށް ބަދަލުވެއްޖެއޭ.

ޝިފާޒް ވިދާޅުވިއެވެ.

ބަސްބުނުމާއި، އެއްވެ އުޅުމާއި، ހިޔާލުފާޅުކުރުމާއި ހައްގާއި އަދި މީޑިއާތަކުގެ މިނިވަންކަން އެބޭފުޅުން ކަށަވަރުކުރިންކަމަށް ޝިފާޒް ވިދާޅުވިއެވެ. މިކަން ކުރީ ވަކި މީހަކު އިސްތިސްނާނުވާ ގޮތަށްކަމަށާއި، އެންމެންނަށް ހަމަހަމަކަމާއިއެކު ލިބެންޖެހޭ ހައްގެއްގެ ގޮތުގައިކަމަށެވެ. މިއީ އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ރައީސް ނަޝީދު 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ހެއްދެވި ގާނޫނު އަސާސީގައި ލިޔެފައިވާ ކަންތައްތަކެއްކަމަށް ޝިފާޒް ވިދާޅުވިއެވެ.

ނަމަވެސް މިހާރު މިކަންކަން ވަނީ ބަދަލުވެފައިކަމަށާއި، މި ހައްގުތައް ގެއްލިއްޖެކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި ގެއްލުނު ހައްގުތަށް ހޯދުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް ފަހަތަށް ނުޖެހޭނެކަމަށައި، ސަރުކާރު ޖަވާބުދާރީކުރުމުގައި ދަ ޑިމޮކްރެޓްސްއިން ނަމޫނާ ދައްކާނެކަމަށް ވިދާޅުވެ، ޝިފާޒް ވަނީ ރައީސް ސާލިހަށް ދަ ޑިމޮކްރެޓްސްއަށް އަމާޒުކޮށް ކިޔޭނެ ފާޑެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވެރިކަމަށް ގެނައުމުގައި އެންމެ ބުރަ މަސައްކަތްކުރީ ދަ ޑިމޮކްރެޓްސްކަމަށާއި، އެއީ ބަހުސް ކުރަންޖެހޭކަމެއް ނޫންކަމަށް ޝިފާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: