ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ވަޒީރު އަބްދުﷲ ޖަމީލު ނިޔާވުމާއި ގުޅިގެން 12 ވަނަ ދުވަހު ބައިދަނޑިއަށް ދިދަ ތިރިކުރަނީ

ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަގަބުގެ ވެރިޔާ ކުރީގެ ވަޒީރު އަބްދުﷲ ޖަމީލު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަގަބުގެ ވެރިޔާ ކުރީގެ ވަޒީރު އަބްދުﷲ ޖަމީލު ނިޔާވުމާއި ގުޅިގެން ބައިދަނޑިއަށް ދިދަ ތިރިކުރުމަށް ނިންމާފައިވާ ތާރީހަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ހިއްސާކޮށްފައިވާގޮތުން، އެ އޮފީހުންވަނީ އެންމެ ފުރަތަމަ ދިދަ ތިރިކުރުމަށް ނިންމި ނިންމުމަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ކުރީގެ ވަޒީރު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވުމުގެ ހިތާމައިގައި 13 ވަނަ ދުވަހުން ފެށިގެން ތިން ދުވަހަށް ބައިދަނޑިއަށް ގައުމީ ދިދަ ތިރިކުރުމަށް ނިންމާފައިވާނެކަން އެ އޮފީހުން ފާހަގަކުރިއެވެ. އެހެންނަމަވެސް މިހާރު އެ ނިންމުމަށް ބަދަލުތަކެއް ގެނެސް މި މަހުގެ 12 ވާ ހޯމަދުވަހު މެންދުރު ފަހު 13:00 އިން ފެށިގެން ޖޫން މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ 13:00 އާއި ހިސާބަށް ދިދަ ތިރި ކުރުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ.

އުމުރުން 87 އަހަރު ވެފައިވާ ޖަމީލު ނިޔާވެފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ވަނީ ދިވެހިރާއްޖެއަށް ގިނަ ގުނަ ހިދުމަތްތަކެއްކޮށްދެއްވާފައެވެ. އެގޮތުން 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވިއިރު، އެކި ވުޒާރާތަކާއި ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ވަޒީރުކަންވެސް ކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: