ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައީމާގެ މަރު: ދެ މީހަކަށް މުއްދަތު ޖަހައި، އެކަކު ޝަރީއަތް ނިމެންދެން ބަންދަށް

ނައީމާ މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނ. މަނަދޫ އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މިދިޔަ އޭޕްރިލް 07 ވަނަ ދުވަހު ނައީމާ މަރާލާފައި އޮއްވައި ފެނުނު މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 21 އަހަރުގެ އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރު ކުރި 23 އަހަރުގެ މީހާގެ ބަންދަށް ކޯޓުން އިތުރު ފަސް ދުވަސް ދީފައިވާއިރު، މާލެއިން ހައްޔަރު ކުރި އުމުރުން 21 އަހަރުގެ މީހާއަށް ކޯޓުން ވަނީ 30 ދުވަސް ދީފަ އެވެ.

ނައީމާގެ މަރުގެ ތަހުގީގު ކުރިޔަށް ދާ ސްޕީޑާއި މެދު ގިނަ ބައެއްގެ ޝަކުވާތައް ގިނަވެފައި ވަނިކޮށް މި މައްސަލައިގައި މީހަކު ހައްޔަރު ކުރީ މޭއި 26 ގަ އެވެ. އެއަށް ފަހު އޭނާ ތަހުގީގަށް ދިން މައުލޫމާތުތަކުގެ މައްޗަށް ހަމަ އެ ދުވަހު މަނަދޫން ދެ މީހަކު ހައްޔަރު ކުރުމަށް ފަހު އިތުރު މީހަކު ހައްޔަރު ކުރީ އޭގެ ހަތަރު ދުވަސް ފަހުން މާލެއިންނެވެ.

ފުލުހުން ވަނީ ތަހުގީގުގައި ކުރިއެރުންތަކެއް، ލިބި ހެކި އެއްކުރެވިފައިވާކަން ހާމަކޮށްފަ އެވެ. އެގޮތުން ނައީމާއަށް ހަމަލާ ދިން ރޭ ތުހުމަތު ކުރެވޭ މީހުން ރަށުތެރޭގައި ދުއްވި ޕްރައިވެޓް ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި އެރޭ އެ މީހުން ލައިގެން ތިބިކަމަށް ބުނާ އަންނައުނު ރަށުގެ ދުރު ހިސާބެއްގައި ވަޅުލައި، އަންދާލަފައި ހުއްޓައި ވަނީ ހޯދިފަ އެވެ.

މައްސަލައިގައި މިހާތަނަށް މާބޮޑު ތަފްސީލީ މައުލޫމާތެއް ނުލިބުނު ނަމަވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ނައީމާ މަރާލަން ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރާއި އެކު އެ ނޫންވެސް ބައެއް މުހިންމު ހެކިތައް ފުލުހުން ހޯދާފައިވާކަމަށެވެ.

ކޮމިޝަނަރު ވަނީ ނައީމާގެ މަރުގެ ތަހުގީގުގައި، މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ތަޖުރިބާކާރު އިންސްޕެކްޓާރ އޮފް ޕޮލިސް މުހައްމަދު ސާމިހު އިސްވެ ހުރެ މާލެއިން ދިޔަ ޓީމާއި އެކު ކުރި މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ. އަދި ވިދާޅުވީ މައްސަލައިގެ އިންސާފަށް ވާސިލުވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެމުންދާއިރު، އަދިވެސް ސާފު ނުވަނީ އެ މީހުން ނައީމާއަށް ހަމަލާ ދީ މަރާލަން ވީ ސަބަބެކެވެ. އެހެންކަމުން ފުލުހުންނަށް މި މަރުގެ މޯޓިވް ހޯދުނުކަން ނުވަތަ ނޫންކަން އަދި ސާފެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: