ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއާރްއެމް އިން ރިޔާސީ އިންތިޚާބުގައި ކުރާ މަސައްކަތްތަކަށް ސަރުކާރު ކޯލިޝަންގެ ހުރަހެއް ނެތް: ފާރިސް

މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ރައީސް ފާރިސް މައުމޫން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން ޕާޓީއަކާއި އެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދި ނަމަވެސް، މިދައުރުގައި އެމްޑީޕީއާއި އެކު ވެރިކަމަށް އައުމަށް ހެދި ކޯލިޝަން އެއްބަސްވުން ސަރުކާރުގައި ހިމެނޭ އެމްއާރްއެމްގެ މެމްބަރުން ދަމަހައްޓާނެކަމަށް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރްއެމްއިން މިއަދު ވަނީ ޖުމްހޫރީ ޕާޓީއާއި އެކު ރަސްމީ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުން ނިންމާލުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ ސަރުކާރު ކޯލިޝަނުގައި އެއްބަސްވެފައިވާނީ ދައުރު ނިމެންދެން އެމްއާރްއެމްއިން ހަދާފައިވާ އެއްބަސްވުން ދެމަހައްޓާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް ގައުމުގެ މުސްތަގުބަލް ހަރުދަނާކުރުމަށް ކުރިއަށް އޮތް ތަނުގައި ގައުމުގެ ކަންކަން ބައްޓަން ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އެމްއާރްއެމް އޮތީ ތައްޔާރަށްކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އެމްއާރްއެމް އެހެން ޕާޓީތަކާއި އެކު މަޝްވަރާކުރުމަށް ނުވަތަ ރިޔާސީ އިންތިޚާބުގައި އެޕާޓީއިން ވާދަކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ފާރިސް ވިދާޅުވިއެވެ.

އަދިވެސް ރާއްޖޭގައި އޮތީ ވަކި ވަކި ޝަހުސިއްޔަތުންގެ ވަށައިގެން އެންބުރޭ ސިޔާސަތެއްކަމަށް ފާރިސް ވިދާޅުވިއެވެ. ނަމަވެސް ގައުމު ހަމަ މަގަށް އެޅުމުގެ ހައްލަކީ ސިޔާސަތުތަކެއް ބިނާކުރުން ކަމުގައި ވިދާޅުވިއެވެ. އަދި އެ ސިޔާސަތުތައް ބިނާ ކުރުމަށް އެކި އެކި ޕާޓީތަކާއި އެކު މަސައްކަތް ކުރެވޭނެކަމަށް ވިދާޅުވިއެވެ.

މިފަހުން ޖުމްހޫރީ ޕާޓީން ވަނީ ޑިމޮކްރެޓްސް އަދި އެމްއެންޕީގެ ލީޑަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެ ބައްދަލުވުމުގައި އެ ތިން ޕާޓީން ވަނީ އެހެން ޕާޓީތަކަށް އެއްބަސްވެވޭނަމަ، އެއް ކެންޑިޑޭޓެއް ރިޔާސީ އިންތިހާބަށް ނެރުމަށް އެއްބަސްވެފައެވެ. އެ ދުވަހުގެ ބައްދަލުވުމަށްފަހު ޤާސިމް ވިދާޅުވި އެއް ކެންޑިޑޭޓެއް ނެރުމުގެ ކަންކަމުގައި ޕީޕީއެމް އަދި އެމްއާރްއެމްއާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: