ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުއަކީ ސާލިހުގެ އެޖެންޓެއް: އަލީ އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު އަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ އެޖެންޓެއްކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓު ހަވާލުކުރެވިފައިވާ ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއިއެކު، އެމަނިކުފާނުވަނީ އެ ޕާޓީއިން ރިޔާސީ އިންތިހާބު ބޮއިކޮޓުކުރުމާއިމެދު ގޮތެއް ނިންމުމަށް އިރުޝާދު ދެއްވާފައެވެ. ހަމަނުޖެހުންތަކަކަށްފަހު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މޭޔަރ މުއިއްޒުއަށް ތާއީދުކުރުމަށް އިދިކޮޅު ލީޑަރޝިޕުންވަނީ ނިންމާފައެވެ. އަދި ރިޔާސީ ކެމްޕެއިންއަށް ތައްޔާރުވުމުގެ ގޮތުން މޭޔަރވެސް ހިމެނޭހެން ލީޑަރޝިޕުން ހަރަކާތްތައްވެސް ކުރިއަށް ގެންދަން ފަށައިފިއެވެ.

އިދިކޮޅުގެ ހަރަކާތެއްގައި މޭޔަރ މުއިއްޒު ވާހަކަދައްކަވާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ހިއްސާކުރައްވާ އާޒިމްވަނީ މުއިއްޒުއަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މުއިއްޒުއަކީ ރައީސް ސާލިހުގެ އެޖެންޓެއްކަމަށެވެ. އާޒިމް ވިދާޅުވީ، ކޯޓުތަކުގައި ހުރި މުއިއްޒުގެ މައްސަލަތައް ނައިގައިދިނީ އަދި އޭނާއަށް އިންތިހާބުގައި ކުރިމަތިލުމަށް ބޭނުންވާ ރެކޯޑު ސާފުކޮށްދިނީ ސަރުކާރުންކަމަށެވެ.

އާޒިމް ވިދާޅުވީ، މުއިއްޒުގެ މައްޗަށް ތުހުމަތުތައް ކުރެވިފައިވާ ނޫމަޑި މައްސަލަ ނިމިގެންދިޔައީ ރައީސް ސާލިހު ކޯޓަށް ”އަތްވާނައިގެން“ ނުފޫޒު ފޯރުއްވައިގެންކަމަށެވެ. އޭނާ ވިދާޅުވީ، މުއިއްޒު ހުންނެވީ ޕީޕީއެމްގެ ސެނެޓު ގަނެލައިގެންކަމަށާއި އެކަން ކުރެއްވީ ރައީސް ސާލިހުގެ ފައިސާގެ ބާރުގައިކަމަށެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒުގެ މައްޗަށް އާޒިމް ތުހުމަތުތަކެއް ކުރެއްވިއިރު، މޭޔަރަކީ ރައީސް ޔާމީންއާއި ދެކޮޅަށް މަސައްކަތްކުރައްވަމުންދާ ފަރާތެއްކަމަށް ބުނެ މީގެ ކުރިން ސޯޝަލްމީޑިއާގައި އެކި ފަރާތްތަކުން ތުހުމަތުތައް އަމާޒުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: