ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދާނަން: މުއިއްޒު

ޕޮޓޯ: މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ފ. އަތޮޅަށް ކުރައްވާ ދަތުރުގައި ނިލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ރާއްޖޭގައި ހުރި ސިނާއަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ވިއްސަކަށް ހާސް މުވައްޒަފުން އުޅޭ އިރު، އެހެން ދާއިރާތަކުގައި އުޅޭ މުވައްޒަފުންނެކޭ އެއްގޮތަށް އެމީހުންނަށް ވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށްގެން އެއްވެސް ކަހަލަ ގެދޮރުވެރިކަމުގެ މަޝްރޫއެއް ކުރިއަށް ނުގެންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމަކީ ދިވެހި ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހައްގެކެވެ.

އެކަމަކު، ނަރުހުންނާއި ޑޮކްޓަރުންނާއި ޓީޗަރުންނަށް މި ސްކީމްތައް ހިންގާފައިވާ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ގެނެސް ދިނުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ އިންޑަސްޓްރީންނެވެ. އަދި ރައްޔިތުންނަށް އާމްދަނީ ދެވެނީ އެ މުވައްޒަފުން ކުރާ މަސައްކަތުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވެސް މަޝްވަރާކޮށް، ކަމާބެހޭ ގާނޫނާއި ގަވާއިދު ހަދައިގެން، އެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިތުރު އިނާޔަތް ލިބޭ ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ވެސް ތައާރަފް ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: