ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ކޮމްޕިއުޓަރ ލެބް އާކުރާނެ،!

ގާސިމް ކެމްޕެއިންގައި ހެންބަދޫއަށް ވަޑައިގަތުން. ފޮޓޯ: އިސްމީ ފަޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ލިބިއްޖެނަމަ ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގެ ކޮމްޕިއުޓަަރ ލެބް އައުކޮށްދެއްވާނެކަމަށާއި، މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހެނބަދޫއަށް ވަޑާއިގެން ދެއްކެވި ވާހަކައިގައި ގާސިމް އެނެމެ ފުރަތަމަ ޝުކުރު ދެންނެވީ އެ ރަށުން ޖޭޕީއަށް ކީ ހޫނު މަރުހަބާއަށެވެ. ގާސިމް ވަނީ ތިން ވައުދެއް ހެނބަދޫއަށް ވެވަޑައިގެންފައެވެ.

މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ސުކޫލުތަކުގެ ކޮމްޕިއުޓަރ ލެބް އައުކޮށްދީ، ޒަމާނީ ޓީވީތަކާއި، ސްމާޓް ބޯޑުވެސް ހަރުކޮށްދެއްވާނެކަމަށް ގާސިމް ވައުދުވެވަޑައިގެންވިއެވެ. އަދި ވިދާޅުވީ މޫނު ބުރުގާ އަޅައިގެން އެއްވެސް ވަޒީފާއެއް އަދާކުރުމަށް ހުރަހެއް ނޯންނާނެކަމަށެވެ. ޑިމޮކްރެސީގެ ރިވެތި އުސޫލުގެ ތެރެއިން މިނިވަންކަމާއިއެކު ހެދުން އެޅުން އޮތް ނަމަވެސް، ގާސިމް އެދިވަޑައިގަތީ އިސްލާމީ އުސޫލުތަކުގެ ދަށުން ކަންކަން ކުރެއްވުމަށެވެ. ނަމަވެސް މަޖުބޫރު ނުކުރައްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

އާދެ! އެއައެކީގައި ދެން އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއްވެސް ތަނެއްގައި މޫނު ބުރުގާ އަޅުއްވައިގެން އަންހެން ބޭފުޅުން، ކިޔަވާދެއްވަންކަމަށްވިޔަސް އޮފީިސްތަކުގައި މަސައްކަތްކުރެއްވުމަށްވިޔަސް، އެއްވެސް ބޭފުޅަކަށް ހުރަހެން ނޯންނާނެ.

ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ނިކުމެ އެ ހުންނެވީ ދީނާއި ގައުމުގެ މިނިވަންކަން ގެއްލިގެންދާތީ އެކަން ކަށަވަރުކޮށްދިނުމަށްކަމަށެވެ. އަދި ތާރީހާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަންވެގެން ދިޔަ ގޮތްވެސް ފެންނަ އެބަހުރިކަމަށެވެ. ނަމަވެސް އޭނާއަކީ ދޭތެރެ ޖެއްސުމަށް ވާހަކަދައްކަން ފުރުސަތު ދޭނެ މީހެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އެދިވަޑާއިގަތީ ބޭރުގެ ފަރާތްތަކަށް ސުވާލުއުފެދޭނެ ގޮތަށް އިންތިހާބުގައި ވޯޓު ނުދެއްވުމަށެވެ.

މީގެ އިތުރުން ގާސިމް ވަނީ ރާއްޖޭގައި އިންޑީއާގެ ސިފައިން ތިބިކަމަށް ވިދާޅުވެފައެވެ. ކޯލިޝަން އެއްބަސްވުމުގައި މިފަދަ ކަންކަމާއި ގުޅޭ ގޮތުން ކޯލިޝަން ޕާޓީތަކާއިއެކު މަޝްވަރާކުރުމަށް އޮތް ނަމަވެސް ސަރުކާރުން އެކަން ނުކުރައްވާކަމަށާއި، އަދި ސަރުކާރުން ވަނީ ގާނޫނާއިވެސް، ކޯލިޝަން އެއްބަސްވުމާއިވެސް ހިލާފުވެފައިކަމަށް ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: