ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހައްޤުގައި ކުރާ ކަންކަމުގައި ބަޔަކު ޖަހާ ހަޖޫއަކަށް ފަސްނުޖެހޭނަން: ގާސިމް

ހަންޏާމީދޫގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ގާސިމް ވާހަކަދައްކަވަނީ. ފޮޓޯ: އިސްމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ހައްޤުގައި ކުރާ ކަންކަމުގައި ބަޔަކު ޖަހާ ހަޖޫއަކަށް ފަސްނުޖެހޭނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގައި ގާސިމް މިއަދު ދަތުރު ކުރައްވަމުން ދަނީ  އދ އަތޮޅަށެވެ.

މިދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ހެދުނު ވަޑައިގަތީ އދ ހަންޏާމީދޫ އަށެވެ. ގާސިމް ވަޑައިގަތުމުން ހަންޏާމީދޫގެ ރައްޔިތުންވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ހަންޏާމީދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ވިދާޅުވީ ގާސިމް ސަރުކާރާއި ކުރިމަތި ކުރުވި އެއްވެސް ސުވާލަކަށް ސަރުކާރުން ޖަވާބުދާރީ ވެފައި ނުވާކަމަށެވެ.

ދީނާ، ގައުމުގެ މިނިވަންކަމާއި އިޤްތިޞާދީ ހާލަތާމެދު ގާސިމް ސަރުކާރާ ކުރިމަތިކުރުވި އެއްވެސް ސުވާލަކަށް ސަރުކާރަށް ޖަވާބުދާރީއެއް ނުވެވުނު. އޭގެ ބަދަލުގައި މިފެނުނީ ހަޖޫ ޖަހާ މަލާމާތް ކުރަމުންދާތަން.

އަލީ ވަހީދު ވިދާޅުވިއެވެ.

ހަންޏާމީދޫގެ ގާސިމްގެ ކެމްޕެއިން ޖަލްސާގައި އަލީ ވަހީދު ވާހަކަދައްކަވަނީ. ފޮޓޯ: އިސްމީ

އަލީ ވަހީދު ވިދާޅުވީ އިޤްތިޞާދީ ހީނަރުކަމާއި، ބޭރުގައުމެއް ސިފައިން ގައުމުގެ އެކިކަންކޮޅުތަކުގައި ތިބުމާ، އަމްނު އަމާންކަމަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކޮށް ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރަށް ޖަވާބު ދާރީނުވެވުމަކީ އެ ވާހަކައިގެ ތެދުކަން ހާމަކޮށްދޭކަމެއްކަމަށެވެ.

ހަންޏާމީދޫގެ ރައްޔިތުންނާ މުހާތަބްކުރައްވާ ގާސިމް ވިދާއަޅުވީ އެމަނިކުފާނަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ މީހެއްކަމަށާއި މިހާރުވެސް ގައުމާއި ރައްޔިތުންގެ ހައްގުގައި އިސްލާހުކުރަންޖެހޭ ގިނަ ކަންކަން އެބަހުރިކަމަށެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅާ ކުރައްވާ ކަންކަން ކުރައްވަނީ ރައްޔިތުންގެ ހައްޤުގައި ކަމަށާއި އެކަމުގައި ބަޔަކު ޖަހާ ހަޖޫއަކަށް ފަސްނުޖެހޭނެކަމަށެވެ.

ގާސިމް ހަންޏާމީދޫގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: އިސްމީ

މިދަތުރުފުޅުގައި ގާސިމްގެ އަރިހުގައި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެ ވަޑައިގަންނަވައެވެ. ވަހީދު ވިދާޅުވީ ގާސިމް އިބްރާހިމް އަކީ އަބަދުވެސް ރައްޔިތުންގެ ހާދިމެއްކަމަށާއި އަބަދުވެސް ރައްޔިތުންގެ ހެވާލާބަޔަށް މަސައްކަތްކުރައްވާ ބޭފުޅެއްކަމަށެވެ. ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމް ފިޔަވާ ހުރިހާ މަގާމެއް ގާސިމް ފުރުއްވާފާއިވާކަމަށާއި ގާސިމްގެ މިކާމިޔާބީއަކީ ދިގުރާސްތާއެއްގައި ކޮށްދެއްވި އިޚުލާސްތެރި މަސައްކަތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: