ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރެއްގައި ހިމެނޭ 5 އަހަރު އިތުރު ކޮށްފައި ނަމަވެސް، ދެވަނަ ދައުރަކަށް ވާދަ ނުކުރެވޭނެ ގޮތް ހަދަންޖެހޭ: ގާސިމް

ގާސިމް އިބްރާހީމް ކެމްޕެއިން ހަރަކާތެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިނުލެވޭނެހެން ގާނޫނު އަސާސީއަށް ބަދަލުގެންނަންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރ 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން އޭނާގެ އުފަން ރަށް، އދ ދިއްދޫގައި ހުންނަވާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ދިއްދޫއިން އޭނާއަށް މަރުހަބާ ކިޔަން ނިކުތީ ސިޔާސީ ގޮތުން ތާއީދުނުކުރި ނަމަވެސް އާއިލާ މީހުންނަށްވާތީކަމަށެވެ. ނަމަވެސް އާއިލާގެ ބައެއް މެންބަރުން ނުނިކުންނާތީ އެކަން ސާފުކުރުމަށް ކުރި މަސައްކަތުން، ސަރުކާރުން ވަޒީފާގެ ބިރު ދައްކާފައިވާކަން ހާމަވެގެންދިޔަކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ދެވަނަ ދައުރެއްގެ ބޭނުމުގައި ބާރުގެ ބޭނުންކޮށް، ފައިސާއިން ވޯޓު ގަންނަމުންދާކަމަށެވެ. އަދި ގާނޫނާއި ހިލާފު އެތައްކަމެއް ކުރައްވަމުން ގެންދަވަނީ ދެވަނަ ދައުރެއްގެ ބޭނުމުގައިކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ، ދެވަނަ ދައުރު ހޯދުމަށް ކުރާ މަސައްކަތުގައި ހަލާލެއް، ހަރާމެއް ނުބަލާކަމަށެވެ.

ފެހި ގާނޫނު އަސާސީ ގެނެސް، މަލްޓި ޕާޓީ ޑިމޮކްރެސީގެ ދަށުން ކަންކަން ކުރަން ފެށި ފަހުން ހިނގައިދިޔަ އެކި ކަންކަން ހިއްސާކުރައްވާ ގާސިމް ވިދާޅުވީ ގާނޫނަށް އިސްލާހު ގެންނަންޖެހިފައިވާކަމަށެވެ. އަދި ވިދާޅުވީ ދެވަނަ ދައުރެއް ހޯދުމަށް ވާދަކުރެވޭނެކަމަށް ގާނޫނު އަސާސީގައި މިހާރު އޮތް ނަމަވެސް އެކަން ބަދަލުކޮށް، ދެވަނަ ދައުރަކަށް ވާދަކުރެވޭނެ މަގު ބަންދު ކުރަންޖެހޭކަމަށެވެ. މިހާރު ދައުރެއްގައި ހިމެނޭ 5 އަހަރުގެ މުއްދަތު އިތުރުކުރެވިދާނެކަމަށާއި، ނަމަވެސް ކޮންމެ މީހަކަށްވެސް އެއް ދައުރު ލިބޭ ގޮތަށް ބަދަލު ގެނައުން މުހިންމުކަމަށް ގާސިމް ވިދާޅުވިއެވެ. އެއީ ދެވަނަ ދައުރެއް ހޯދުމަށް ކުރާ ގާނޫނު އަސާސީ އާއި ހިލާފު މަސައްކަތް ހުއްޓުވުމަކަށް ގެނައުމަށްކަމަށް ގާސިމް ވިދާޅުވިއެވެ.

މިހާރު މި އޮންނަނީ ފަސް އަހަރު، ހަތް އަހަރަށް ދިގުކޮށްގެން ވިޔަސް އެއް ދައުރު ކަމަށް ކޮންމެ މީހަކަށް ވެސް ލިބޭނީ ބުނެފިއްޔަކާއެއް، ދެން އޭނާ އަންނާކަށެއް ގާނޫނާ ހިލާފު މަސައްކަތްތަކެއް ކުރުމުގެ ބޭނުމެއް ނެތްތާ.

ގާސިމް ވިދާޅުވިއެވެ.

އެއް ޕާޓިއަކު ދެވަނަ ދައުރަށް އެހެން މީހަކު ގެނައުމަށްވެސް މަސައްކަތް ކުރައްވާފާނެކަމަށް ވިދާޅުވެ، ގާސިމް ދޭހަކުރެއްވި ގޮތުގައި އެއީވެސް ނިމުމަކަށް ގެނަންޖެހިފައިވާކަމެކެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ އެމްޑީޕީއިން ވެރިކަމަށް އައީ އޭނާގެ ދައުރު އޮވެގެން ނަމަވެސް، ސަރުކާރުން ކުރި ގޯސް ކަންކަމުގައި ޖުމްހޫރީ ޕާޓީގެ ހިއްސާ ނޯންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: