ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ޖަވާބުދާރީކުރުވުމަށް ވާހަކަދައްކަވަނީ، ރައީސް ސާލިހާއިމެދު ޒާތީކަމެއް އޮވެގެންނެއް ނޫން: ގާސިމް

ގާސިމް ށ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސަރުކާރުން ހައްދަވާ ގޯސްތަކުގެ ވާހަކަދައްކަވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއިމެދު ޒާތީކަމެއް އޮވެގެންނެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި ގާސިމް ނައިފަރަށް ވަޑައިގެން ވަގުތު އެ ރަށަށް ދިޔައީ ވާރެވެހެމުން ނަމަވެސް ގާސިމްއަށް މަރުހަބާ ދެންނެވުމަށްޓަކައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރަށް ޖަމާވެފައެވެ. އޭނާއަށް ނައިފަރުގެ ރައްޔިތުން ކީ ހޫނު މަރުހަބާއަށްފަހު ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ނައިފަރުފަދަ ތައުލީމީ އާބާދީއެއް ދިރިއުޅޭ ރަށަކަށް ސަރުކާރުން އަޅާނުލާ އޮތީތީ ވަރަށް ދެރަވާކަމަށެވެ.

ނައިފަރުން ގާސިމްއަށް ކީ ހޫނު މަރުހަބާގެ ތެރެއިން.

ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކޮންމެ ރަށަކަށް ފަސްކަމެއްކޮށްދެއްވާނެކަމަށެވެ. އަދި އޭގެ އިތުރުންވެސް ކޮންމެ ރަށެއްގެ ބަނދަރުމަތީގައި މިސްކިތަކާއި، ފާހަނަ ބަރިއެއް ގާއިމްކޮށްދެއްވާ، ރާއްޖޭގެ ހުރިހާ ކްލާސްރޫމްތަކަކާއި އަދި ހުރިހާ މިސްކިތްތަކެއްވެސް އެއާ ކޮންޑިޝަން ކޮށްދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

މި ޒަމާނުގެ ކޮމްޕިއުޓަރ ލެބް ރާއްޖޭގެ ހުރިހާ ސުކޫލްތަކެއްގައި ގާއިމްކޮށްދެއްވާނެކަމަށާއި، ސްމާޓް ބޯޑު ބަހައްޓާ، 75 އިންޗީގެ ސްމާޓް ޓީވީ ބަހައްޓަވާދެއްވާނެކަމަށްވެސް ގާސިމް ވައުދުވެވަޑައިގެންނެވިއެވެ. އަދި ހިނަވާގެއެއް ނެތް ރަށްރަށުގައި ހިނަވާގެއެއް ގާއިމްކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި އާބާދީ ބޮޑު ރަށްތަކުގެ މަގުތައް ހެދުމަށް އިސްކަންދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންވީމަ މި ކަންކަމަކީ ކުރިއަށްދާނެ ކަންތައްތައް. ދެން މިފަދަ ބޮޑު ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ރަށްރަށުގައި މަގުތައް ހެދިގެން ދިއުމަކީ އަޅުގަނޑުމެން ވަރަށް އިސްކަން ދޭނެކަމެއް.

ގާސިމް ވިދާޅުވިއެވެ.

އެގޮތުން ގާސިމް ވަނީ ނައިފަރުގެ ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކާ، ބަނދަރު ތަރައްގީކޮށްދެއްވާ، މަގުތައް ހަދައިދިނުމަށް ވައުދުވެވަޑައިގެންފައެވެ. ގާސިމް ވިދާޅުވީ ތައުލީމީ ގޮތުންނާއި، އެހެން ގޮތް ގޮތުން ފާހަގަކުރެވޭ މަޝްހޫރު ރަށްތަކަށް އިސްކަންދެއްވައިގެން މަސައްކަތް ކުރަންޖެހޭނެކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ އޭނާ ސަރުކާރު ޖަވާބުދާރީކުރުވުމަށް ވާހަކަދައްކަވަނީ، ރައީސް ސާލިހާއިމެދު އެއްވެސް ކަހަލަ ޒާތީ ތައައްސުބެއް އޮވެގެން ނޫންކަމަށާއި، ގައުމު އޮތް ހާލަތު ރަނގަޅުކޮށް، މިނިވަންކަން ދެމެހެއްޓުމަށްޓަކައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: