ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރަކަށް އަލީ އާޒިމް!

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓު ގުރޫޕު (ޕީޖީ) ގެ ލީޑަރަކަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހޮވައިފިއެވެ.

އަލީ އާޒިމް މި މަގާމަށް ހޮވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ތިބި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 11 މެންބަރުންގެ މެދުގައި މިއަދު ހެދުނު ބޭއްވި އިންތިހާބަކުންނެވެ.

ޑިމޮކްރެޓްސްގެ ޕީޖީގެ ނައިބުކަމަށް ހޮވާފައިވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު އަދި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުއެވެ. އަދި އެ ޕީޖީގެ ގްރޫޕުގެ އަމީންއާންމުގެ ގޮތުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަދި ވިޕުގެ މަގާމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވަނީ ހޮވާފަ އެވެ.

ޕީޖީ އަދި ޕީޖީގެ ނައިބުގެ އިތުރުން، ޕީޖީގެ ގްރޫޕުގެ އަމީންއާންމުގެ ގޮތުގައިވެސް މި މެންބަރުން ހޮވާފައިވަނީ މި އިންތިހާބުގައި ބައިވެރިވީ 11 މެންބަރުންގެ އިއްތިފާގުންނެވެ.

ދަ ޑިމޮކްރެޓްސް ނަމުގައި އާ ޕާޓީއެއް އުފެއްދީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ތާއީދު ކުރައްވާ ފާރާތްތަކުންނެވެ. ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ލިބިވަޑައިގެން ނާކާމިޔާބީއަށްފަހު، ރައީސް ނަޝީދު ގެންދެވީ ޕްރައިމަރީގެ ކެމްޕެއިން ސްލޯގަން ”ފިކުރެއްގެ ދިރުން“ ނަމުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަވަމުންނެވެ. ސަރުކާރާއި ދެކޮޅަށް، ކުރިއަށް ގެންދެވި އެ ހަރަކާތް ސިޔާސީ ޕާޓިއަކަށް ބަދަލު ކުރެއްވީ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައިވަނިކޮށެވެ.

ރިޔާސީ އިންތިހާބުގައިވެސް ޑިމޮކްރެޓްސްއިން ވާދަކޮށްފައިވާއިރު، މި އިންތިހާބުގައި ވާދަ ކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން 15،633 ވޯޓާއިއެކު ޑިމޮކްރެޓްސް އޮތީ ތިން ވަނައިގައެވެ. ޑިމޮކްރެޓްސްއިން ދަނީ ދެވަނަ ބުރަށް ދިޔަ ޕާޓީތަކާއިއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: