އިންޖީނު ފައިނޭންސިންގ ޕްރޮމޯޝަން އެއް ތަޢާރަފު ކުރުމުގެ ގޮތުން އެމްޓީސީސީން މޯލްޑިވްސް އިސްލާމިކް ބޭންކާއި އެކު އެމ.ްއ.ޯޔޫ އެއްގައި ސޮއެކޮށްފިއެވެ.
އެމްޓީސީސީން ބުނީ މިދަފަ ކަމެއް ތައާރަފްކުރީ އިންޖީނު ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް މާލީގޮތުން ލުއިފަސޭހަ ކޮށްދިނުމަށްޓަކައ،ި ކުރެވުނު ކަމެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން މިއަދު ސޮއިކުރެވުނު އެމ.ްއޯޔ.ޫގެ ދަށުން މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީ އިން ވިއްކާ ޔަންމާ އަދި ސުޒުކީ ބްރޭންޑްގެ އިންޖީނު ބައްލަވައި ގަންނަވާ ކަސްޓަމަރުންނަށް ދިގުމުއްދަތަށް ބަހާލައިގެން އިސްލާމީ ޢުސޫލްތަކާއި އެއްގޮތްވާގޮތުގެމަތިން އިންޖީނަށް ފައިސާދައްކާ ޙަލާސްކުރެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެ އެމ.ްއ.ޯޔޫގެ ދަށުން ސުޒުކީ އައުޓްބޯޑު އިންޖީނުން 2.5 އެޗ.ްޕީ އިން 325 އެޗ.ްޕީ އާހަމައަށް 8 ޕަސެންޓެއް ލިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
އިތުރަށް އެމްޓީސީސީން ބުނީ ކަސްޓަމަރުން ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އެމްޓީސީސީއާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގުޅިގެން ތަފާތު ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުނ،ް މީޑިއާއާއި މީސް މީޑިއާގެ ޕްލެޓްފޯރމްތަކާއ،ި އޮޑިވެރިންނާއި އޮޑިދޯނިފަހަރު ބަންނަ ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވައިގެން ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފާ ކަމަށެވެ.
އަދި މި ޕްރޮމޯޝަންގެ މަގްސަދަކ،ީ އިންޖީނު ފައިނޭންސްކުރުމުގައި ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައިދިނުމާއ،ި މަސްވެރިންނާއ،ި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއ،ި މޫދު ކުޅިވަރު ފަދަ ހަރަކާތްރަކުގައި ޝާމިލުވެއުޅޭ ފަރާތްތަކުން އިންޖީނަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށްވެސް ބުނެފައި ވެއެވެ.

