ވޯޓު ދިނުމަށް ހުރަސް އަޅާނަމަ 4 މަހާއި 1 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ވަރުގެ ކުށެއްކަން އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ހާމަކުރައްވައިފިއެވެ.
ހަބީބް މިހެން ވިދާޅުވީ އިންތިހާބާއި ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުމަށް ސިލްސިލާކޮށް ކުރަމުންދާ ”އެކްސް“ އެއްގައެވެ.
އެގޮތުން އެއްވެސް މީހަކު ވޯޓު ދިނުމަށް ދަތިކުރުން، ނުވަތަ ވޯޓު ދިނުމަށް އެއްވެސް މީހަކަށް ހުރަސް އެޅުމަކީ މަނާކަމެއްކަމަށްވެއެވެ.
ވޯޓު ދިނުމަށް ދަތިކުރުން ނުވަތަ ހުރަސްއެޅުމަކީ މަނާކަމެއް.#visnun23 @ElectionsMv pic.twitter.com/4u4IAX4xyc
— Ismail Habeeb (@IsmailHabeeb) September 26, 2023
އެކަމުގެ އަދަބެއްގެ ގޮތުގައި 4 މަހާއި، 1 އަރާއި ދެމެދު ޖަލަށްލެވެއެވެ. އަދި 4 ހާސް ރުފިޔާއާއި 12 ހާސް ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.
ވޯޓުކަރުދާސް ނޫން އެހެން އެއްވެސް އެއްޗެއް ވޯޓުފޮށްޓަށްލުމަކީ މަނާކަމެއްކަމަށްވާއިރު، އެކަމުގެ އަދަބެއްގެ ގޮތުގައި 2 މަހާއި، 6 މަސް ދުވަހާއި ދެމެދު ޖަލަށްލުން ނުވަތަ، 2 ހާސް ރުފިޔާއާއި 6 ހާސް ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.

