ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް:ފޮޓޯފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ އުމުރުން 13 އަހަރުގެ ކުއްޖެއް ކަމަށެވެ. ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނަށް ގުޅުމަށްވެސް ފުލުހުންވަނީ އާންމުންގެ ކިބައިން އެދިފައެވެ. އަދި ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ބުނެފަވެވެ.

މި ކުއްޖާ އެންމެފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 28 ވަނަ ދުވަހު ކަމަށްވެސް ފުލުހުންނަށް އާއިލާއިންވަނީ މައުލޫމާތު ދީފައެވެ. އަދި އެންމެފަހުން މައިސަރާ ފެނިފަވައިވަނީ ހަވީރު ނައިފަރުން ކަމަށާއި، އޭރު ލައިގެންހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖީންސެއް ކަމަށެވެ. އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: