ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ހޮޓްލައިނަށް ޑޮލަރުގެ ވަގު ވިޔަފާރިއާ ގުޅޭ 65 މައްސަލައެއް، އެކަކު ހައްޔަރުކޮށްފި

މީހަކު ޑޮލަރުތަކެއް ގެންގުޅެނީ -- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގަވައިދާހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ފުލުހުން ގާއިމްކުރި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހޮޓްލައިނަށް ލިބިފައިވާ މެސެޖުތަކުގެ ތެރެއިން ޓާސްކްފޯސްގެ މަސައްކަތާ ގުޅުންހުރި 65 މެސެޖެއް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބިދޭސީ 27 މީހެއްގެ މައުލޫމާތާއި
  • ހުއްދަ ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ 18 ތަނަކާއި
  • ގަވައިދާ ހިލާފަށް ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ހަތަރު ތަނެއްގެ މައުލޫމާތު
  • ގަވައިދާ ހިލާފަށް ބޭރު ފައިސާ މުއާމަލާތްތައް ހިންގާ އޮންލައިން 16 ޕޯޓަލްއެއްގެ މައުލޫމާތު

އެ މައުލޫމާތާ ގުޅިގެން މިހާތަނަށް އެޅުނު ފިޔަވަޅުތަކުގެ ތެރެއިން ބިދޭސީއަކު މިހާރު ވަނީ މޯލްޑިވްްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުން ކަމަށް ބުނެފައިވެއެވެ.

”މި މައުލޫމާތާ ގުޅިގެން މިހާތަނަށް އެޅުނު ފިޔަވަޅުތަކުގެ ތެރެއިން ބިދޭސީއަކު މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ރިޕޯޓްކޮށްފައިވާ އެހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތާއި ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ،“ ފުލުހުން

ފުލުހުން ވަނީ އާންމު މަސްލަހަތާ ގުޅުންހުރި އެފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ބޭރު ފައިސާގެ ކަޅު ބާޒާރު ހުއްޓުވަން ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކޮށް، ކަޅު ބާޒާރަށް ޑޮލަރު މާރުކުރާ ކަމަށް ތުހުމަތުކުރެވޭ ކުންފުންޏެއްގެ އެކައުންޓުތައް ފްރީޒްކޮށް އެ ކުންފުނީގެ އޮފީސް ވަނީ ބަލައިފާސްކޮށްފައެވެ.

އެގޮތުން ފުރަވެހި ރިސޯޓު ހިންގާާ ނައިޑް އިންވެސްޓްމެންޓްގެ އޮފީހަށް ފުލުހުން ވަދެ ބައެއް ސާމާނު ގެންގޮސްފައިވާއިރު، މިއީ ކަޅު ބާޒާރުގެ މުއާމަލާތްތަކާ ގުޅިގެން ރިސޯޓަކަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: