ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އެކްޓިވިސްޓް ޝާމިންގެ ބަންދަށް 10 ދުވަސް

މުހައްމަދު ޝާމިން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރުން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހުގެ ފަހުކޮޅު އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމެއްގެ މައްސަލައިގައި ހައްޔަރުކުރި އެ ޕާޓީގެ އެކްޓިވިސްޓު މުހައްމަދު ޝާމިން 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގެ ބެރިކޭޑްތައް ހުރަސްކޮށް އެތެރެއަށް ވަދެފައިވާކަމުގެ ތުހުމަތުގައި ފުލުހުން ޝާމިން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެކްސީގެ މަސައްކަތް ކުރަނިކޮށެވެ. އަދި ހައްޔަރުކުރުމަށްފަހު އޭނާ ފުރަތަމަ ގެންގޮސްފައި ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ.

ޝާމިންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޝާމިން ހައްޔަރުކުރުމަށް ކޯޓުން ނެރެފައިވާ އަމުރުގައި ވާގޮތުގައި، މުދަލަށް ގެއްލުން ދިނުމާއި، ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ ވާޖިބަށް ހުރަސްއެޅުމުގެ އިތުރުން ގާނޫނު ހިންގުމަށް ހުރަސްއެޅިކަމުގެ ތުހުމަތު ފުލުހުން އޭނާގެ މައްޗަށް ކުރެއެވެ.

ކޯޓު އަމުރުގައި ވާގޮތުން ޝާމިން ބަންދުކުރަން އެދުނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އަދި އޭނާއާ ދެކޮޅަށް ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތަކުގެ ސްނެޕްޝޮޓްތަކާއި، ފުލުހުންގެ ބަޔާންތަކުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓެއްވެސް ކޯޓަށް ހުށަހަޅާފައެވެ.

މިދިޔަ މަހުގެ 28 ގައި ކުރިއަށްދިޔަ މި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އެމްޑީޕީގެ ޔޫތު ވިންގް ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު، ފަސް ދުވަހަށް ބަންދުކުރުމަށްފަހު މިދިޔަ އާދީއްތަ ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: