އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަންގަށް ވަޑައިގެން މުވައްޒަފުންނާއި ބައްދަލު ކުރައްވައިފިއެވެ.
ސަންގު ޓީވީއަށް ޑރ. މުއިއްޒު ވަޑައިގެން މުވައްޒަފުންނާއި ބައްދަލުކުރައްވާ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ސަންގުން ކުރި ބުރަ މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ އެންމެ ރަނގަޅަށް ރައްޔިތުންނާއި ހަމައަށް ހަބަރުތަށް އެންމެ ތަޒާކަމާއެކު ގެނެސްދިން މީޑިއާއަކީ ސަންގު ޓީވީކަމަށެވެ. އަދި އެންމެ އަވަހަށް އިންތިހާބުގެ ކަންކަން ތަފްސީލީ ގޮތެއްގައި ގެނެސްދީފައިވަނީ ވެސް ސަންގުންކަން ފާހަގަކުރެއްވިއެވެ.
މުއިއްޒު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އެންމެ ފުރަތަމަ ގެނެސް ދިނީ ސަންގުން ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހިންހަމަޖެހުމެއް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނާއި ކެންޑިޑޭޓުންނާއި ގުޅުވައިދިން ކަމަށްވެސް ވިދާޅުވިއެވެ. ހަމަހަމަ ކަމާއެކު ހުރިހާ ކެންޑިޑޭޓުންގެ ކަންކަން ވެސް ސަންގުން ގެނެސްދިން ކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުން އެމަނިކުފާނާއި ކުރަން ބޭނުންވިސުވާލުތަށް ކުރުމަށް ވެސް ފުރުސަތު ދެއްވިކަމަށެވެ.
މީގެއިތުރުން އެންމެ އަވަހަށް ތާޒަކަމާއެކު އިންތިހާބުގެ ނަތީޖާ ގެނެސްދިނުމުގައި މަސައްކަތްކުރި ޒުވާން ޓީމުން ކުރި ބުރަ މަސައްކަތް ފާހަގަ ކުރައްވާ އެޓީމުގެ ކުދިންނަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

