ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީކް ސީޒަންގެ ފައިދާ ނެގޭނީ އާ ޓާމިނަލްގެ މަސައްކަތް ނިމިގެން: މުއިއްޒު

އިންތިހާބީ ރައީސް ޖީއެމް ފޯރަމްގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމުން މުހިންމުކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރުނބާ ރިސޯޓުގައި ފެށި ޖީއެމް ފޯރަމްގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ކުރިއަރައި އަހަރެއްގެ ތެރޭގައި ޖުމްލަ އަދަދު ދެ މިލިއަނާ ގާތް ކުރާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އެ އަދަދު ބޮޑުތަނުން އިތުރުވާނެކަމަށް ލަފާކުރާއިރު ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތް ފުޅާ ކުރުން މުހިންމުކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޖެނެރަލް މެނޭޖަރުންނާއި، އެތައް ހާސް ސްޓާފުން އަދި ޓެރެވެލް އެޖެންޓުންނާއި، ކްރޫޒް ވިޔަފާރީގައި އުޅޭ ފަރާތްތަކާއި އަދި ގެސްޓްހައުސް ވިޔަފާރީގައި އުޅޭ މީހުންގެ ހިއްސާ ކާމިޔާބީގައި ބޮޑު ކަމަށެވެ.

ދާއިރާ އިތުރަށް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ވީއައިއޭގެ ޕްރޮޖެކްޓުތަކުގެ ސްޕީޑު އަވަސް ކުރެވި ނިންމުން މުހިންމުކަމަށް ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އާ ޓާމިނަލްއާއި އެކު ލިބޭ ފަސޭހަތަކުން ފަތުރުވެރިކަމާއި އަދި އޭވިއޭޝަން ދާއިރާއަށް އޭގެ ފައިދާ ޕީކް ސީޒަނުގައި ނެގެން އޮތީ މަޝްރޫއުތައް ނިމިގެން ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ވީއައިއޭއަކީ ފަތުރުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތް ދޭތަނަކަށް ވުން ކަމަށެވެ. އަދި ތަނުގެ ޖާގަ ބޮޑު ކުރުމާއި އެކު ޑިއުޓީ ފްރީތައް ފުޅާ ކުރުމަށް ބޭނުންވާކަމަށް ވެސް ވިދާޅުވި އެވެ.

މަޝްރޫއުގެ ހުރިހާ ބައެއް އެއްކޮށް ނުނިމުނު ނަމަވެސް، މުއިއްޒު ވިދާޅުވީ ނިމޭ ވަރަކުން ބައިބަޔަށް ބަހާލައިގެން ވެސް ހިދުމަތް ދިނުމަށް އެ ތަނެއް ހުޅުވޭނެ ކަމަށެވެ.

ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެއްގެ ދަށުން ކުރިޔަށް ގެންދިޔަ އެއާޕޯޓު މަޝްރޫއުގައި އެންމެ ހާއްސަކަމެއް ދީފައިވަނީ އިންޓަނޭޝަނަލް ޓާމިނަލް އަދި ސީޕްލޭން ޓާމިނަލްއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: