ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޯތު ކޮރެއާއިން ފަލަސްތީނަށް ތާއީދުކުރުމަށް ކިމް ޖޮންގް އުން އަމުރުކޮށްފި!

ނޯތު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޯތުކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އެ ގައުމުގެ ސަރުކާރަށް ފަލަސްތީނަށް އެހީވުމަށް އަމުރުކޮށްފައިވާކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފިއެވެ.

މީޑީއާތަކުން ބުނާގޮތުން، ކިމް ޖޮންގް އުންވަނީ އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނަށް ފަލަސްތީނަށް އެހީ ފޯރުވުމަށް އަމުރުކޮށް އިރުޝާދު ދީފައެވެ. އަދި އެ ގައުމުން މެދުއިރުމަތީގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރު ވިއްކާކަމަށް ބެލޭވޭކަމަށް ސައުތުކޮރެއާއިން ބުނާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން، ނޯތުކޮރެއާއިން މީގެ ކުރިންވެސް ހަމާސް އަށް އެންޓި ޓޭންކު ރޮކެޓު ލޯންޗަރު ފަދަ ބަރު ހަތިޔާރު ވިއްކާފައިވެއެވެ. އެހެންކަމުން އެ ގައުމުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި އިތުރު ހަތިޔާރުތައް ފޯރުވުމަށް މަސައްކަތްކުރާނެކަމަށް ބެލެވޭކަމަށް ސައުތުކޮރެއާގެ ގާނޫނު ހަދާ މީހުން ބުނާކަމަށެވެ. އަދި އޮކްޓޯބަރު 7 ވަނަ ދުވަހުގެ ހަމަލާއަށް ބެލުމުން ހަމާސްއިން އެކި ޒާތުގެ ނޯތުކޮރެއާގެ ހަތިޔާރުތައް ބޭނުންކުރަމުންދާކަމަށް ފެނިގެންދާކަމަށެވެ. އެހެންނަމަވެސް ނޯތުކޮރެއާއިންވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. 

ވަރަށް ގަދަ
31%ވަރަށް ގަދަ 62%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 2%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: