ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް މެމްބަރަކު ކޮމިޝަނަށް އިންޒާރުދީފައި ނުވޭ: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އޭސީސީގެ ބައެއް މެމްބަރުނަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާ ތަމްސީލުކުރައްވާ ރޮޒައިނާ އާދަމް އިންޒާރުދިންކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.

އޭސީސީއިން ނެރިފައިވާ ބަޔާނެއްގައި އެކޮމިޝަނުންވަނީ ރާއްޖޭގެ ނޫހެއްގައި ރޮޒައިނާ އޭސީސީގެ މެމްބަރުންނަށް އިންޒާރު ދެމުންދާކަމަށް ބުނެ ޝާއިއުކޮށްފައިވާކަމަށް ފާހަގަކޮށްފައެވެ. އެގޮތުން އެ ކޮމިޝަނުގެ އެއްވެސް މައުލޫމާތެއް ދީފައިނުވާނެކަމަށާއި އެ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއްކަމަށްވެސް ބުނެފައިވެއެވެ.

އޭސީސީއިން ބުނެފައިވާގޮތުން މަޖިލީހުގެ މެމްބަރުންގެ އިތުރު ވަޒީރުންނާއި އިންތިހާބީ ރައީސްގެ އޮފީހުންވެސް އެއްވެސް މީހަކު އޭސީސީގެ މެމްބަރަކަށް ގުޅައި އިންޒާރު ދިނުން ފަދަ އަމަލެއް ހިންގާފައިނުވާކަމަށާއި ވަކި ގޮތަކަށް އަމަލުކުރުމަށް އިރުޝާދެއްވެސް ދީފައިނުވާކަމަށް ފާހަގަކުރިއެވެ. އެހެންކަމުން ކޮމިޝަންގެ މައްޗަށް އޮންނަ އިތުބާރު ގެއްލިގެންދާގޮތަށް ވާހަކަތައް ނުފެތުރުމަށް އޭސީސީއިން އިލްތިމާސްކުރިއެވެ.

އޭސީސީއިން ބުނެފައިވާގޮތުން މިހާރު ކޮމިޝަނުގައި ތިބި މެމްބަރުން މަސައްކަތްތަކާއި ހަވާލުވީއްސުރެ ކުރަމުން އައިސްފައިވަނީ ނުފޫޒެއް ނެތިއެވެ. އަދި ވަކި ބައެއްގެ ރުހުން ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެކަމަށާއި ކުރިއަށް އޮތްތާނގައިވެސް އެފަދަ ގޮތަކަށް އަމަލުނުކުރާނެކަމުގެ ޔަގީންކަންދޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: