ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބާއި ޒިޔަތު މިނިވަންވުމުން ޝަމީމް ކަންބޮޑުވޭ، އެކަމަކު ކުރެވޭނެ ކަމެއް ނެތް!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިހި އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް, މިނިވަންކޮށްދިނުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް އުފުލުމުން، އެ ހުރިހާ ދައުވާއެއް ވެސް ކޯޓުގައި ވަނީ ސާބިތުވެފަ އެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބަށް އުފުލި ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް އެ ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީލޯންޑްރިން މައްސަލައާއި ގުޅިގެންނެވެ.

އެ ކުށް ސާބިތުވެ އިއްވީ 20 އަހަރުގެ ޖަލު ހުކުމެއް ނަމަވެސް އެންމެ ފުރަތަމަ ދައުވާތަކުން މިނިވަންވުމުން، ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޝަމީމް އޭރު ވިދާޅުވީ އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ގިނަކަމަށާއި އެ ހުރިހާ ދައުވާއެއް އުފުލައި ކުށް ސާބިތުވާ ހާލަތެއްގައި ހުކުމް ކުރަން ޖެހޭ އަދަބު އެތައް އަހަރަކަށް އަރާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން އަދީބުގެ މައްޗަށް ހިޔާނާތުގެ މައްސަލައިގައި ދައުވާތައް އުފުލުމަށް ފަހު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލި އެވެ. އެ އެއްބަސްވުމުގެ ދަށުން، އެހެން މައްސަލަތައް އެހީތެރިކަން ދިނުމާއި އެކު ދައުލަތާއި އެއްކޮޅަށް ހެކިބަސް ދޭން ޖެހެ އެވެ. އެހެންވެ އަދަބު ލުއިވެ އަދީބަށް އައީ އެންމެ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އެ ހުކުމް އިއްވިތާ މާ ގިނަ ދުވަހެއް ނުވެ ހުންނެވީ ގޭ ބަންދުގަ އެވެ.

ޒިޔަތާއި އެކު ވެސް އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައި، އައި ހުކުމް އޭނާ ތަންފީޒު ކުރަމުން އައީ ގޭ ބަންދުގައި ހުންނަވައިގެންނެވެ. އަދީބާއި ޒިޔަތު މިނިވަން ކުރުން ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ. މި ދެ ބޭފުޅުންގެ ހުކުމް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފުކޮށްދެއްވީ ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުންނެވެ. ހުކުމެއްގައި ހުރި މީހަކު އެ ހުކުމުގެ ހަތަރު ބައި ކުޅަ އެއް ބައި ތަންފީޒުކޮށްފައިވާނަމަ ރައީސުލްޖުމްހޫރިއްޔާއަށް މައާފު ދެއްވުމުގެ ބާރު އޮވެއެވެ.

މި މައްސަލައިގައި ޕީޖީ ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވި ގޮތުގައި ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން ރައީސަށް އެ ކަމުގައި ދެވެނީ ފުޅާ ބާރުތަކެކެވެ. ޤާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބެއެވެ. އެބާރު ބޭނުންކުރައްވާ ގޮތާމެދު ސުވާލު އުފެއްދުމަކީވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫނެވެ.

ޝަމީމް ވިދާޅުވީ ޕީޖީގެ ދައުރެއް ނޯންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފަރުމާކުރީ މުހިންމު މަގުސަދެއް ހާސިލް ކުރުމަށް ކަމަށް ބަލަން ޖެހޭ ކަމަށެވެ. ނަމަވެސް ބައެއް މުހިންމު ކަންކަން ”ހަނދާނުން ކައްސާލާފައި“ އޮވެދާނެ ކަމަށް ވެސް އޭނާ ލިޔުއްވާފައިވެއެވެ. ޝަމީމްގެ ރައުޔަކީ، އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް ހައްލެއް ގެނެސްދެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އާންމުންގެ ހިޔާލާއި ފިކުރާ އެއް ގޮތަށް ގާނޫނު އިސްލާހު ކުރުމެވެ. އެ މަގަށް މަޖިލީހުން މަސައްކަތް ކުރާނެ ކަމަށް އެއްވެސް ”ޝައްކެއް އޮތް ކަމެއް ނޫން“ ކަމަށް ލިޔުއްވެވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިއިރު، ޒިޔަތު ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެއިރު ހުންނެވީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުގަ އެވެ.

އަދީބާއި ޒިޔަތުގެ ހެކި ބަސް ބޭނުން ކުރުމަކީ، ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރާ އެންމެ ބޮޑު އިއުތިރާޒު ނުކުތާ އެވެ. އެގޮތުން ދެބޭފުޅުންގެ ހިތުގައި ވެސް ރައީސް ޔާމީނާއި މެދު ރުޅިވެރިކަމާއި ނަފްރަތު އޮންނާނެކަމަށް ވަކީލުންނާއި ރައީސް ޔާމީން ވެސް ފާހަގަ ކުރި އެވެ.

ވެރިކަމުގެ ދައުރު ނިމެން 3 ދުވަހަށްވެފައި ވަނިކޮށް އަދީބާއި ޒިޔަތަށް މައާފު ދިނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގެ ތެރެގައިކަމަށް މައުލޫމާތު ލިބެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: