ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލުން އިޔާދަކުރަނި ހަކަތައަށް ބަދަލުކުރުމަށް އެއްބަސްވާން ޗައިނާއިން އެދިއްޖެ

ޗައިނާގެ ޗީފް ކްލައިމެޓު އޮފިޝަލް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ގައުމުތަކުން ތެލުގެ ބަދަލުގައި އިޔާދަކަރަނިވި ހަކަތައް ބޭނުންކުރުމަށް އެއްބަސްވުމަށް ޗައިނާއިން އެދޭކަމަށް އެ ގައުމުގެ ކްލައިމެޓު ޗީފް ކްލައިމެޓު އޮފިޝަލު ޒީ ޒެންހުއާ ވިދާޅުވެއްޖެއެވެ.

މީޑިއާތަކުން ބުނާގޮތުން، ތަލުގެ ބަދަލުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ގައުމުތަކުން އެއްބަސްވޭތޯ ބެލުމަށް އެދޭކަން ހިއްސާކޮށްފައިވަނީ ދުނިޔޭގެ މޫސުމީ މައްސަލަތައް ހައްލުކުރުމަށް ގައުމުތަކުން އެއްބަސްވުމެއް ފަރުމާކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރުއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން 2050ގެ ނިޔަލަށް ތެޔޮ އުފެއްދުން މަދުކުރަމުންގޮސް ހުއްޓާލުމަށް ހުށައަޅާފައިވާ ހުށެއެޅުމަށް ތާއީދުކުރާކަން ނުވަތަ ނުކުރާކަންވެސް އޭނާ ހިއްސާކޮށްފައިނުވާއިރު މޫސުމީ މައްސަލަތައް ހައްލުކުރުމަށް އެކުލަވާލަމުންދާ އެއްބަސްވުމުގައި 100 އަށްވުރެ ގިނަ ގައުމުގެ ސަރުކާރުން ހިއްސާވާކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް ޒެންހުވާވަނީ އޭނާއާއި ޗައިނާގެ ވަފުދުން ކުރިމަތިވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަން ހިއްސާކޮށްފައެވެ. އެގޮތުން ދުނިޔޭގައި ބޭނުންކުރަމުންދާ ހަކަތައިގެ ތެރޭގައި ތެލުގެ ބޭނުންކުރެވޭ މިންވަރުތައް މަދުކުރުމަށް ބައެއް އެހެން ނަޒިރިއްޔާތައްވެސް ހުރިކަށާއި އަދި ހުރިހާ އެންމެން ގުޅިގެން އެންމެނަށްވެސް ފައިދާތަކެއް ލިބިގެންދާ ފަދަ ގޮތަކަށްކަށް ބަދަލުތައް ގެނައުން މުހިންމުކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީވެސް ޕެރިސް އެއްބަސްވުމުގެ ދަށުން އަމަލުކުރާނެ އުސޫލެއްކަމަަށެވެ. އަދި މައްސަލަ ހައްލުކުރުމުގައި އެކަކު އަނެކާއާއި ގުޅިގެން މަސައްކަތްކުރަންޖެހޭނެކަމަށާއި އެންމެނަށްވެސް ބަލައިގަނެވޭނެ ފަދަ ނިންމުމަކަށް ވުންވެސް މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: