ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޑީސީ ފްލެޓުތަކުގެ އެކްސްޕީރިއަންސް ޔުނިޓުތަކެއް ހުޅުވައިފި

އެފްޑީސީގެ ފްލެޓު އެކްސްޕީރިއަންސް ޔުނިޓުތަކެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގް މިނިސްޓަރު ޑރ އަލީ ހައިދަރު އަހުމަދު ފަހިދިރިއުޅުން ކޯޕަރޭޝަނުން ބިނާކޮށްފައިވާ ފްލެޓުތަކުގެ އެކްސްޕީރިއަންސް ޔުނިޓުތަކެއް ހުޅުއްވައިދެއްވައިފިއެވެ.

އެޕާޓުމެންޓުތައް ތަޖުރިބާކުރުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ، ފެންނަމުންދަނީ ވަރަށް ގިނަ އަަދަދެއްގެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މަސައްކަތްތަކެއްގެ ފެށުމުގެ ކޮޅުމަތިކަމަށެވެ. އަދި ފަހިދިރިއުޅުން ކޯޕަރޭޝަނުން ބިނާކުރަމުންދާ ފްލެޓުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ލުއިތައްވެސް ލިބިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެކްސްޕީރިއަންސް ޔުނިޓުތައް ހުޅުވުމަކީ 4000 ވަރަކަށް މީހުންގެ އުންމީދުތަކުގައި ކުލަޖެހިގެންދިއުންކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން އެއްފަދަ އިތުރު އެތައް މަސައްކަތްތަކެއްވެސް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ދައުރު ނިމޭއިރު މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބިފައިނުވާ އެއްވެސް އާއިލާއެއް ގޭބިސީއެއް ނެތްކަން ކަށަވަރުކުރުންކަމަށް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން އެ އަމާޒު ހާސިލުކުރުމަށްޓަކައި މަސައްކަތްކުރާނެކަމަށާއި ހުޅުމާލެއާއި ގުޅީފަޅުގެ އިތުރުން ގިރާވަރު ފަޅުގައިވެސް ގެދޮރު ބިނާކުރުން ސަރުކާރުގެ ކުރު މުއްދަތުގެ ސިޔާސަތުގައި ހިމެނޭކަމަށްވެސް ހާމަކުރެއްވިއެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ، ކުރިއަށް އޮތް 20 އަހަރު ދުވަހަށް މާލެ ސަރަހައްދަށް ބޭނުންވާނެ ގޯތިގެދޮރު ފުށިދިއްގަރު ފަޅު ހިއްކައިގެން އިންތިޒާމުކުރައްވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ރައީސް މުއިއްޒުގެ ވައުދެއްކަމަށާއި މަސައްކަތްތައް ކުރަމުންދަނީ އެ ވައުދު ފުއްދުމަށްކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: