ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރަނީ!

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނިންމަވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު، ރިޔާސީ އިންތިހާބާއި ގަތްވެފައި ވަނިކޮށް ޑީއާރުޕީގެ ޕޯޑިއަމްތަކުން އާންމުންގެ މެދުގައި މަޝްހޫރުވި އަލީ ވަހީދަކީ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރެވެ.

ސިޔާސީ މައިދާނުގައި އަޑުގަދަކަމަށާއި، ނުފޫޒު ގަދަކަމަށް ފާހަގަކުރެވޭ އަލީ ވަހީދު ޑީއާރުޕީގައި މަސައްކަތް ކުރެއްވުމަށް ފަހު އެމްޑީޕީއާއި ގުޅިވަޑައިގަތީ އެ ޕާޓީ ބައިބައިވެ ފެކްޝަންތަކެއް އުފެދުމުންނެވެ. ކުލަ ގަދަ ރަސްމިއްޔާތެއްގެ ތެރެއިން އެމްޑީޕީއާއި ގުޅި ޕާޓީ ޗެއާޕަންގެ މަގާމު ވެސް އޭނާ އަދާކުރި އެވެ.

ސިޔާސީ ހަމަނުޖެހުންތަކަށް ފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތީ އެމަނިކުފާނުގެ ވެރިކަން ބަދަލުވުމުންނެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީއާއި ގުޅި، އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނަވައި ލިބުނު ސްލޮޓެއްގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމަށް ވަޑައިގަތެވެ.

2020 ގައި ރާއްޖެ ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގެ އޮޕަރޭޝަންސްތަކުގައި އިސްކޮށް އުޅުއްވަނިކޮށް ޖިންސީ ގޯނާގެ ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކުރެވި ރައީސް ސޯލިހު އޭނާ މަގާމުން ވަކި ކުރި އެވެ. އަދި އެ މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ފަށާފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތް ގޮތަށް އެނބުރި ވަޑައިނުގެން ހުންނެވުމަށް ފަހު އަނެއްކާވެސް ރާއްޖެ އައީ ރިޔާސީ އިންތިހާބަށެވެ.

ރައީސް ސޯލިހާއި އެމްޑީޕީއަށް ވެސް ބޭރުގައި ހުންނަވައި ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އަލީ ވަހީދު އެނބުރި ވަޑައިގެން މީޑިއާތަކާއި ބައްދަލު ކުރައްވައި ވިދާޅުވީ ކުރީގައި ދެއްކެވި ވާހަކަތަކަކީ އެއީ ސްމޯކް ސްކްރީނެއް ކަމަށެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެރިކަމަށް ގެނައުމަށް ކެމްޕެއިން މަސައްކަތްތަކެއް ކުރެއްވުމަށް ފަހު، ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ދުވަސްތަކަށް ދުރުގައި ހުންނެވުމަށް ފަހު އަނެއްކާވެސް އެމްޑީޕީއާއި ވަނީ ގުޅިވަޑައިގެންފަ އެވެ. އަލީ ވަހީދު ފުރަތަމަ ވާދަކުރައްވާނީ ބެލެވެނީ، އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގަ އެވެ.

އަލީ ވަހީދު ވިދާޅުވީ ކުޅުދުއްފުއްޓަށް ހައްގި އިންގިލާބީ ބަދަލުތަކެއް ހޯދުމަށްޓަކައި، ސިޔާސީ ބާރުވެރިކަމާއި ފުދުންތެރިކަމަށް އެ ދާއިރާއަށް ހިދުމަތް ކުރުމަށް ގަސްތު ކުރައްވާ ކަމަށެވެ.

މީގެ ކުރިން އަލީ ވަހީދު އެފްއޭމްގެ ރައީސްކަމަށް ވާދަކޮށްފާނެކަމަށް ވެސް ބެލެވުނެވެ. އެއީ ސިޔާސީ މައިދާނުން ދުރުގައި ހުންނެވި ދުވަސްވަރު ފުޓުބޯޅައަކީ އެއް އެހީތެރިޔާގެ ގޮތުގައި ވިދާޅުވެފައި ވާތީ އެވެ. އެކަމަކު އޭރު ވެސް އަލީ ވަހީދު ސީދާ އެފަދަ ވާހަކަތަކެއް ނުދައްކަވަ އެވެ.

އޭނާ ވަނީ ދާދިފަހުން އެޓްލޮސް ފުޓްބޯލް ކްލަބްގެ ނަމުގައި ކްލަބެއް ވެސް އުފައްދަވާފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތައް ކޯޓުގައި ކުރިޔަށް ގެންދެވޭ ވަރަށް ހެކި ނެތުމުގެ ސަބަބުން ދައުވާތައް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: