ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރާ ދާއިރާތައް ކަނޑައަޅަން މަޝްވަރާތައް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރާ ދާއިރާތައް ކަނޑައަޅަން މަޝްވަރާތައް ފަށައިފި އެވެ.

ވިޔަފާރީގެ ދާއިރާއަށް އަންހެނުން ނެރުމަށް ހިތްވަރުދިނުމުގެ ގޮތުން އަންހެނުންނަށް 100 މިލިޔަން ރުފިޔާގެ ލޯނު ދޫކުރާ ދާއިރާތައް ނިންމުމަށް އަންހެނުންގެ ވަކިވަކި ޖަމިއްޔާތަކާއެކު އިއްޔެ ވަނީ މަޝްވަރާކޮށްފައެވެ. ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިއްޔެކުރި މަޝްވަރާތަކުގައި މިލޯންތަކުގެ ތެރެއިން 25 ޕަސެންޓު ހާއްސަކުރެވިފައިވަނީ މިދާއިރާއަށް ނުކުންނަން ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނެވެ.

އަންހެނުންނަށް ހާއްސަކޮށް ”ސްޓާޓްއަޕް ލޯން ސްކީމް“ އެއް ތައާރަފުކުރުމަކީ ސަރުކާރުގެ ހަފުތާ 14 ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ. ރައީސް އޮފީހުން ބުނާގޮތުން މި މަސައްކަތުގެ %70 ވަނީ ނިމިފައެވެ.

އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްޞަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް، ފުރަތަމަ 63 ދުވަސް ތެރޭގައި ހަމަޖައްސައިދިނުން ހިމެނެއެވެ.

މީގެއިތުރުން ލީސިން ފައިނޭންސްގެ ގޮތުގައި ފައިސާ ހޯދަން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށާއިވރާއްޖޭގައި ހައްދާ ބާވަތްތައް މާކެޓުކޮށް ގަނެ ވިއްކުމަށް ޚާއްސަ ނިޒާމެއް ގާއިމުކުރުމާއި އެ ނިޒާމުގެ ތެރެއިން އަންހެނުންނަށް ޚާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމާއި ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ހިންގަން ފެށުމަށް ވެސް ހަފުތާ 14 ގެ މަގުޗާޓުގައި ވަނީ ހިމަނުއްވައިފައެވެ.

އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނަށް މަސްވެރިކަމުގެ އުފެއްދުންތައް ވިއްކޭނެ ހާއްސަ އޮންލައިން ޕްލެޓްފޯމެއް އުފައްދަވާނެ ކަމަށާއި އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ”ސްޓާޓްއަޕް ލޯން ސްކީމް“ އެއް ތައާރަފުކުރެއްވުން 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނެއެވެެ.

ވަރަށް ގަދަ
88%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: