ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ސިފައިން ފޮނުވާލަން ކުރާ މަސައްކަތް ކާމިޔާބު ވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލަން ކުރާ މަސައްކަތް ކާމިޔާބު ކުރެވިގެން ނޫން ގޮތަކަށް ހަމަޖެހުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހި ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެތިބުމަށް ފުރުސަތު ލިބޭކަމަށް ބުނެ އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުލީ ޕީޕީއެމް/ޕީއެންސީ އެވެ. ރިޔާސީ އިންތިހާބުގެ އެންމެ ބޮޑު ރިޔާސީ ވައުދު ފުއްދާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު އެކަމުގެ ބައެއް ރަސްމީ ބައްދަލުވުންތައް ރައީސް ކުރިޔަށް ގެންދެވި އެވެ.

މިހާތަނަށް އައިއިރު ކުރެވިފައިވާ މަޝްވަރާތަކާއި، އަދި މަސައްކަތް ދިޔަ ހިސާބަކީ ކޮބައިތޯ އުފެދޭ ސުވާލަށް ރައީސް މިއަދު ވިދާޅުވީ ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާފައިވާތީ އެކަމަށް އިންޑިއާ އިހުތިރާމް ކުރާ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަން ވެރިކަމާއި ހަވާލުވި ފަހުން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ އަނެއްކާވެސް މި ވާހަކަތައް ތަކުރާރު ކުރައްވާފަ އެވެ.

މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ޑިމޮކްރަސީގެ ނިޒާމު ދަސްކޮށް ދެނީ ރައްޔިތުން ގޮތް ނިންމުމުން ދެން މަސައްކަތައިގެން ކުރިޔަށް ގެންދިއުމަށް ޖާގަ ދިނުމަށް ކަމަށެވެ. އިންޑިއާގެ ސިފައިންނާއި، އެއްވެސް ގައުމެއްގެ ސިފައިން ނުވަތަ ބޭރުގެ އެއްވެސް ބައެއްގެ ނުފޫޒެއް މި ގައުމުގައި އޮތުމަށް ބޭނުން ނުވާކަމަށް ދިވެހި ރައްޔިތުން ނިންމީ ހިތުގެ އެންމެ އަޑިން އެކަން ގަބޫލު ކުރާތީކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، އޭގެ ޖެހިގެން އައި ދުވަހު އެންމެ ފުރަތަމަ ވެސް ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި އިންޑިއާގެ ސިފައިން ރާއްޖެއިން އަނބުރާ ގެންދަން އެ ގައުމަށް ރަސްމީކޮށް ހުށަހެޅުން ހިމެނޭނެ ކަމަށެވެ. އިންޑިއާގެ ސަފީރާއި އެކު ކުރިޔަށް ގެންދިޔަ އެ ބައްދަލުވުމުގައި ރައްޔިތުން ދިވެހިންގެ ރާއްޖެއަކަށް ވޯޓު ދޭން ޖެހުނު ސަބަބުތަކަކީ ކޮބައިކަން ސާފުކޮށްދެއްވިކަމަށާއި، އޭގެ ފަހުން ކުރިޔަށް ދިޔަ މަތީފަންތީގެ ކޮންމެ ބައްދަލުވުމެއްގައި ވެސް އެ ވާހަކަތަ ތަކުރާރު ކުރެއްވިކަމަށް ރައީސް ވިދާޅުވ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލަން ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ތަކުރާރު ކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މި މަސައްކަތް ކާމިޔާބީއާއި ހަމައަށް ވަސީލު ނުވެވެނީސް ހުއްޓާނުލައްވާނެ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: