ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ހިދުމަތްތަކެއް ގާއިމްކޮށްދޭނެ ކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.
ކުންފުނީގެ އަހަރީ ދުވަހު މުބީން ވިދާޅުވީ އެކުންފުނިން ހިންގަމުންދާ އެއަރޕޯޓްތަކުން ދަތުރުކުރާ ފަރާތްތަކަށް މިހާރަށްވުރެ ފުޅާކޮށް، ބޭނުންވާ އެންމެހައި ހިދުމަތްތަކެއް ގާއިމްކޮށްދޭނެ ކަމަށެވެ. މުބީން ފާހަގަ ކުރެއްވި ގޮތުގައި، އެކުންފުނިން އުފައްދައި އެކުންފުންޏާއި އެއަރޕޯޓްތައް ހަވާލުކުރެވުނު އިރު އޮތީ ވަރަށްވެސް ދަށް ހާލަތެއްގައިކަމަށެވެ.
އެހެންނަމަވެސް ކުންފުނީގެ މަސައްކަތް ކުރަމުންދާ މުވައްޒަފުން ކުރި ހީވާގި މަސައްކަތްތަކުން ގިނަ ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް އެއަރޕޮޓްތައް ފައްތައި، ސެކިއުރިޓީގެ ކަންކަން އިތުރަށް ތަރައްގީކޮށް، އިންހައުސް ޓްރެއިން ދެވޭ ފެންވަރަށް މީހުން ބިނާކުރެވި އަދި ދަތުރު ކުރާ ފަރާތްތަކަށް ދެވޭ ހިދުމަތްތައް ފުޅާ ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
މިއަދާއި ހަމައަށް އެކުންފުނިން ހިންގަމުންދާ އެއަރޕޯޓްތަކުގެ ތެރެއިން ބައެއް އެއަރޕޯޓް ތަކުގައި ބޭސިކް ފެސިލިޓީސް ނެތްކަން މުބީން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ނަމާދު ކުރާނެ ކޮޓަރި، މައިންނަށް ބޭނުންވާ ކޮޓަރި، އަދި ކެފޭ ނުވަތަ ޝޮޕެއްގެ ހިދުމަތްވެސް ނެތްކަމަށް ވިދާޅުވިއެވެ.
އާރ.ްއ.ޭސ.ީއެލް އަކީ 11 ޖެނުއަރީ 2021 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ 100 އިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
އެކުންފުނި އުފައްދުމުގެ އެންމެ މައިގަނޑުއެއް މަޤްސަދަކީ ސަރުކާރުން ހިންގާ އެއަރޕޯޓުތަކުން ރައްޔިތުންނަށް ދެވޭ ޙިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމާއ،ި އެއަރޕޯޓުތަށް ހިންގުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ދަށްކުރުމެވެ. އަދި އޭގެ އިތުރުން ސަރުކާރުން ތަރައްޤީކުރާ އެންމެހައި އެއަރޕޯޓްތައް ހިންގައި ބެލެހެއްޓުމާއ،ި އިތުރަށް ތަރައްގީކުރުމަށެވެ.
އާރްސީއެލް އަށް 03 އަހަރު ވެގެންދާއިރު އެކުންފުންޏަކީ މިޔަދު ރާއްޖޭގައި 6 ޑޮމެސްޓިކް އެއަރޕޯޓު ކަމަށްވާ ހޯރަފުށި އެއަރޕޯޓް، ކުޅުދުއްފުށި އެއަރޕޯޓް، ފޮނަދޫ އެއަރޕޯޓް، މާވަރުލު އެއަރޕޯޓް، ފަރެސްމާތޮޑާ އެއަރޕޯޓް އަދި ފުވައްމުލަކު އެއަރޕޯޓް އޮޕަރޭޓް ކުރުމުގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް އޮޕަރޭޓް ކުރަމުންގެންދާ
ކުންފުންޏެކެވެ.
އާރ.ްއ.ޭސ.ީއެލްއަކީ 100 އިންސައްތަ ދިވެހި މުވައްޒަފުންނާއެކު ހިންގަމުންދާ ކުންފުނި ތަކުގެ ތެރޭގައި ހިމެނޭ އެއްކުންފުންޏެވެ. ކުންފުނީގައި މިއަދާއި ހަމައަށް ޖުމްލަ 500 އަށްވުރެގިނަ ދިވެހި މުވައްޒަފުން މަސައްކަތްކުރަމުންދެއެވެ.
މިވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ހާސިލް ކުރެވިފައިވާ ލަނޑުދަތި ތަކުގެ ތެރޭގައި ސިވިލްއޭވިއޭޝަންގެ މިންގަނޑުތަކަށް ހުރިހާ އެއަރޕޯޓުތަކެއް ފައްތާ ސެޓްފިކެޓްތައް އާ ކުރުމާއި، އެއަރޕޯޓުތަކުގަ ބޭނުންކުރާ އެކްސްރޭ މެޝިންތަކުގެ މެއިންޓަނަންސް ރަގަޅުކޮށް ޑައުންޓައިމް ދަށްކުރުމަށްޓަކައި ރެޕިސްކޭން ބްރޭންޑް އޮތޮރައިޒޭޝަން ޕާޓްނަރ ކަންހޯދާ އެއަރޕޯޓުތަކުގަ މައްސަލަޖެހިފައިވާ މެޝިންތައް ބަދަލުކުރުމާއި، ސެކިއުރިޓީ މެޝިންތައް ބެލެހެއްޓުމަށްޓަކައި މުވައްޒަފުން ބޭރަށްފޮނުވައިގެން ތަމްރީނުކުރުން ހިމެނެއެވެ. އަދި މީގެއިތުރުން ސިވިލްއޭވިއޭޝަންއިން ޤަބޫލުކުރާ ފެންވަރުގެ 14 ޓްރެއިނަރުން ތައްޔާރުކުރުމާއި، ކުންފުނީގެ ބެލެހެއްޓުމުގެ ދަށުން ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމާއި، ހަނިމާދޫ އިންޓްނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ބިއަ މަޝްރޫޢު ފަށާ ބަލަހައްޓަމުން ގެންދިއުމާއި، ރާއްޖޭގެ ފުރަތަމަ ފަޔަރ ސިމިއުލޭޓަރ ހޯރަފުށީ އެއަރޕޯޓުގައި ގާއިމްކުރުންވެސް ހިމެނެއެވެ.

