ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް މިދަނީ ރެޔާ ދުވާލު މަސައްކަތްކުރަމުން: ރައީސް

ރައީސް ޑރ. މުއިއްޒު ފުރަތަމަ ރިޔާސީ ބަޔާން އިއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށްވަނީ އިގްތިސާދީ ގޮތުން ތަދު އަހަރުތަކެއް ތަހައްމަލްކޮށްފައިކަމަށާއި އެ ހާލަތުން ރާއްޖެ ސަލާމަތްކުރުމަށް ރެޔާ ދުވާލު މަސައްކަތްކުރައްވަމުންދާކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒުވަނީ ދިވެހިރާއްޖެއާއި ގުޅުންހުރި އެކި މައުޟޫތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން ރާއްޖޭގެ ސަލަމާތަކީ ކަންކަމާއި ތަރައްގީގެ މަސައްކަތްތަކުގެ އިތުރުން އިޖްތިމާއީ މަަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވިއިރު، އެމަނިކުފާނުވަަނީ އިގްތިސާދީ ހާލަތާއިމެދުވެސް މައުލޫމާތު ދެއްވާފައެވެ.

ރައީސް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކަކީ ރާއްޖެއަށް ބޮޑެތި އިގްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަ އަހަރުތަކެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުންދަނީ އެ ހާލަތުން ރާއްޖެ ސަލާމަތްކުރުމަށް ރޭޔާ ދުވާލު މަސައްކަތްކުރަމުންކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުންދަނީ ދައުލަތުގެ މާލިއްޔާތަށް ބުރަ އުފުލަން ނުޖެހޭނެ ގޮތަކަށް ދިވެހިރާއްޖޭގައި ފަށާ އާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްވެސް އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންކަމަށާއި ދައުލަތުގެ ކުންފުނިތައް އަރަނިވާނެ މަގެއް ހޯއްދެވުމަށްވެސް މަސައްކަތްތައް ކުރެވިގެންދާނެކަން ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުންދަނީ ދައުލަތުގެ ދަރަނީގެ އަދަދުތައް ކުޑަކުރުމަށް މަސައްކަތްކުރަމުންކަމަށާއި އެގޮތުގެމަތިން ސަރުކާރުންވާނީ ސެޓަލްމެންޓު ކޮމިޓީ އުވާލައި ހަމައެއް ނެތް ގޮތުގައި ކުރަމުންދިޔަ ބަދަލުދިނުމުގެ މަސައްކަތްތައްވެސް ހުއްޓުމަކަށް ގެނެސްފައިވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުންވަނީ ސޮވަރެއިން ޑިވެލޮޕްމެންޓް ފަންޑަށްއަށް ޑޮލަރުން ފައިސާ ޖަމާކުރަންވެސް އަލުން ފަށާފައިކަަމަށެވެ. އަދި ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓޭނެ ގޮތްތައް ހޯދުމަށްވެސް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ މުސްތަގުބަލު ފެނިގެންދަނީ އުޖާލާކޮށްކަމަށާއި މި އަހަރުގެ ތެރޭގައި ރާއްޖެއަށް ފުރަތަމަ ފަހަރަަށް ދެ މިލިއަން މީހުން އަންނާނެކަމަށް އަންދާޒާކޮށްފައިވާކަމަށާއި ވީއައިއޭގެ މަސައްކަތްތައް ނިމުމުން އެ އަދަދުތައް އިތުރުވެގެންދާނެކަމަށް ލަފާކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން ގެނައުމަށް ކަނޑައަޅާފައިވާ ބަދަލުތަކާއިއެކު ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ، އިމާރާތްކުރުމާއި ރިއަލްއެސްޓޭޓާއި ދަތުރުފަތުރުކުރުމުގެ ދާއިރާއަށްވެސް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށާއި އެކަންކަމާއިއެކު ރާއްޖޭގެ އުފެއްދުންތެރިކަން 5.5 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭއިރު މެދުރާސްތާގައި އަހަރަކު އެވަރެޖްކޮށް 7.1 އިންސައްތައިން އުފެއްދުންތެރިކަން ކުރިއަރާނެކަމަށްވެސް ލަފާކޮށްފައިވާކަމަށް އަލިއެޅުއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: