ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން ސާޅިސް އަހަރުގައިވެސް ނުކުރާ ވަރަށް ފައިސާ ޗާޕުކުރި: ރައީސް

އިގްތިސާދީ މެނިފެސްޓޯ އާންމު ކުރަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އޭގެ ކުރީގެ 40 އަހަރުގެ ތެރޭގައި ޗާޕުކުރިވަރަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ޗާޕުކުރިކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެ ތަރައްގީކުރުމަށް ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭނީ މާލީ ގޮތުން ރާއްޖެ ވެއްޓިފައިވާ އަޑިގަނޑުން އަރައިގަނެވިގެންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު އޮތީ މީގެން ޒަމާނަތަކުވެސް ނުވާ މިންވަރަށް ގޯސްވެފައިކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމު އޮތީ ދަރާފައިކަަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުން މާލީ ޑެފެސިޓް ފައިނޭންސްކުރުުމުގެ ގޮތުން ނަގާފައިވާ ފައިސާގެ ސަބަބުން ދަރަނީގެ އަދަދުތައް ހުރީ ޖީޑީޕީގެ ނިސްބަތުން 115.9 އިންސައްތައަށް އުފުލިފައިކަމަށެވެ. އަދި ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުންވަނީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައިވެސް ކޮށްފައިވާ މިންގަނޑާއި ނުބައްދަލު މިންގަނޑަކަށް ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފައިސާ ޗާޕުކޮށްފައިކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަމަށާއި ސަރުކާރުންވަނީ އެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން 31 ޑިސެމްބަރު 2023 އުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ސަސްޕެންޑްކުރެވިފައިވާ މާއްދާތަކަށް އަމަލުކުރަން ފަށާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ސަރުކާރުންވަނީ މި މަގުސަދު ހާސިލުކުރުމުގެ ގޮތުން އިގްތިސާދު ހަމަ މަގަށް އެޅުވުމުގެ މަސައްކަތްތައްވެސް ފަށާފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: