ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ގޮތުން މީހުން ހައްޔަރު ކުރުމާއި، އަދަބު ދިނުމުގެ ސިޔާސަތެއް ނުގެންގުޅޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހާ، ޝަރުޢީ ދާއިރާއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމަށް ގައުމާ މުހާތަބުކޮށް ދެއްކެވި ވާހަކައިގައި ވެސް ޝަރުއީ ނިޒާމަށް އެ ދުވަހުން ފެށިގެން ނުފޫޒުތައް ފޯރުވުން ނިމުމަކަށް އައީކަމަށް ވިދާޅުވި ކަމަށެވެ. ވެރިކަމުގައި ހުންނެވިހާ ހިނދަކު ހިފަހައްޓާނީ ހަމަ އެ އުސޫލުކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބަދަލު ހިފުމުގެ ރޫހެއް އެމަނިކުފާނު ނުގެންގުޅުއްވާނެ ކަމަށެވެ. އެ ވައުދާއި އެކު ސަރުކާރު ހިންގާނެކަމަށާއި، ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އެމަނިކުފާނުގެ ވިސްނުމެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ގައުމަށް ހަމަޖެހުން އަންނަން ޖެހޭކަމަށާއި، މަސައްކަތް ކުރައްވާނީ ބަހާއި އަމަލާއި އެއްގޮތަށް ކަމަށެވެ.

ގާނޫނީ ވެރިކަން ކަށަވަރު ކުރައްވާނެކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަދުލުވެރިކަމާއި އިންސާފުވެރިކަން ދައުލަތުގައި ގާއިމު ކުރުމަށް ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ. އެއާއި އެކު އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާއަށް ނޯންނެކަމަށާއި ސަރުކާރަށް ނިސްބަތްވާ އެއްވެސް މީހެއްގެ ފަރާތުން އެފަދަކަމެއް ފާހަގަކުރެވިއްޖެ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: