ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކާނިވަލެއް މިއަދު ސެންޓްރަލް ޕާކުގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާއި ގުޅިގެން މިއަދު ހަވީރު ’ރިވެލި‘ ބްރޭންޑްގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ފަންނުވެރިކަން އާންމުންނަށް ދައްކާލާ، އެފަރާތްތައް ބާރުވެރިކުރުމަށް ޚާއްސަ ކާނިވަލެއް ބޭއްވުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.

އެ ވުޒާރާއިން ބުނެފައިވަނީ މިހާތަނަށް ބާއްވައިފައިވާ ’ރިވެލި‘ ފެސްޓިވަލްތަކުގައި އިސްކަމެއް ދެއްވައިފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި މަސައްކަތްތެރިކަން ދައްކާލުމަށްކަމަށެވެ. ނަމަވެސް، މިއަހަރުގެ ރިވެލި ކާނިވަލަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ޝާމިލްކުރުމުގެ މަސައްކަތް ފުޅާކޮށް، ޢާއިލީ ވެއްޓެއްގައި އެކި މުނިފޫހިފިލިވުމުގެ ހަރަކާތްތައް ހިމެނޭހެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ފުރުޞަތުތަކާއި، އެފަރާތްތަކަށް ބޭނުންވާ އެކި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ކާނިވަލެއް ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

މި ކާނިވާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި، މިއަދާއި މާދަމާ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. މިގޮތުން މި ކާނިވަލުގެ ހަރަކާތްތައް ހަވީރު 16:00-18:00 އަށް އަދި ރޭގަނޑުގެ 20:00-22:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. އެގޮތުން ކުރިއަށް ގެންދާން ހަރަކާތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްޓޭޖު ހަރަކާތްތަކާއި، މަސައްކަތްތެރިކަން ދައްކާލުމުގެ މަޢުރަޒާއި، އެކި ކުޅިވަރުތަކާއި، މަޢުލޫމާތު ޑެސްކްތަކުގެ ޒަރީޢާއިން ކަމާބެހޭ މަޢުލޫމާތު ދިނުން ހިމެނެއެވެ.

މި ކާނިވާ ބޭއްވުމުގެ މައިގަނޑު މަޤްޞަދުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިން ފާހަގަކޮށް، މި ހުނަރުވެރިކަމާއި، މަސައްކަތްތެރިކަން ދައްކާލުމަށް ލިބޭ ފުރުޞަތުތައް އިތުރަށް ފުޅާކޮށްދިނުމެވެ. އަދި މިފަދަ އިޖުތިމާޢީ ހަރަކާތެއްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމެވެ.

މީގެއިތުރުން، މިކާނިވަލުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް އިޤުތިޞާދީ ގޮތުން ބާރުވެރިކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް، ރާއްޖޭގެ އެކި ކުންފުނިތަކުގައި އެފަދަ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށްވެސް އެވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ. ހަމައެއާއެކު ސަރުކާރުގެ އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅުންހުރި މަޢުލޫމާތުތައް އެއްމާޙައުލަކުން ފޯރުކޮށްދިނުމަކީ މި ކާނިވަލުގެ މުހިންމު އެއް މަޤުޞަދު ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

މި ކާނިވަލުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާޢީ ހަރަކާތްތަކުގައި ޝާމިލްވެވޭ މިންވަރު އިތުރު ވެގެންދާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހުނަރު ދައްކާލުމަށް އިތުރު މަގެއް ލިބި، އެފަރާތްތަކުގެ މަސައްކަތްތެރިކަން މާކެޓުކުރުމަށް ހުޅުވާލެވޭ މި ފުރުޞަތުގެ ސަބަބުން އެފަރާތްތަކަށް އިޤްތިޞާދީގޮތުން ފުދުންތެރި ބަޔަކަށް ވުމަށް މަގުފަހި ވުމަކީވުމަކީވެސް މި ކާނިވާ އިންތިޒާމްކުރުމުގެ އެއް ބޭނުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ޢާއިލާތަކާއި އެކު އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މިކާނިވަލުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އެ ވުޒާރާގެ ވަރަށް ބޮޑު އެދުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: