ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދަނީ އިދިކޮޅު ލީޑަރުން ހައްޔަރުކުރުމުގެ ތައްޔާރީތައް ވަމުން: ސާލިހު

ކެމްޕެއިންގައި ރައީސް ސާލިހު އައްޑޫއަށް. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބިރުވެރިކަން އަލުން އިޔާދަވެފައިވާކަމަށާއި، އިދިކޮޅު ލީޑަރުން ހައްޔަރުކުރުމުގެ ތައްޔާރީތައް ސަރުކާރުން ދަނީ ވަމުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެ ޕާޓީގެ ކެމްޕެއިން ޖަލްސާއެއްގައެވެ. ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުން ދަނީ ވަޒީފާގެ ނުފޫޒުވެސް ފޯރުވަމުންކަމަށެވެ. އަދި ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ސިޔާސީ ލީޑަރުންނާއި ދިމާކުރަން ފަށާފައިވާކަމަށް ފާހަގަކޮށް، އެމަނިކުފާނު އިޝާރާތް ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ފުލުހަށް ހާޒިރުވުމަށް އަންގާފައިވާކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެ އޮތް ހާލަތަށް އަނބުރާ ރުޖޫއަ ވާން ފަށާފައިވާކަމަށް ފާހަގަކޮށް، ރައީސް ސާލިހު ވިދާޅުވީ ދޫކޮށްލައިފިނަމަ ގައުމު ނާމާންވާނެކަމަށެވެ. ފަނޑިޔާރުންނާއި، ފުލުހުންނާއިވެސް މި ސަރުކާރުން އަދި ހައްޔަރުކުރާނެކަމަށާއި، މިނިވަން މުއައްސަސާތައް މުށުތެރެއަށް ގެންދަން މަސައްކަތް ކުރާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެކަމުގެ ސަބަބެއްކަމަށް ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުން މަޖިލީހުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމެވެ.

މިކަންކަމުން ސަލާމަތްވުމަށްޓަކައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ މުހިންމުކަމަށް ރައީސް ސާލިހު އަންނަނީ ވިދާޅުވަމުންނެވެ.

ރިޔާސީ އިންތިހާބަށް ކުރި ކެމްޕެއިންގައިވެސް ރައީސް ސާލިހު އަދި އެމްޑީޕީއިން އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ މިއީއެވެ. ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް ގާއިމްވެއްޖެނަމަ ގައުމުގެ އަމާންކަން ގެއްލި، ސިޔާސީ މައިދާން އެކީ ހަލަބޮލިވާނެކަމަށް ވިދާޅުވެ އެމަނިކުފާނު ވާހަކަދެއްކެވިއެވެ. އަދި ސިޔާސީ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ގެއްލިގެންދާނެކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ގަލަމުގައި ހިފަހައްޓާ، ސިޔާސީ ލީޑަރުން ޖަލުގެ ތޭރިތަކުގެ ފަހަތަށް ލާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިއީ ޕީޕިއެމް/ޕީއެންސީގެ ފުރަތަމަ ވެރިކަމުގައިވެސް ފެނިގެން ގޮސްފައިވާ ސިފަތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: